މިހާރު ހިނގަމުންދާ އީރާން-އިޒްރޭލް ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ މަޝްރަހު ގެއްލިފައިވާތީ އެ ހިސާބުގައި ދިރިއުޅެމުންދާ ދިވެހިންގެ ހާލަތު ބަލަމުންދާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދު އިރުމަތީގެ ގައުމުތަކަށް އީރާނުން ވަނީ ރޭ ހަމަލާދޭން ފަށައިފަ އެވެ. އީރާނުގެ ތަސްނިމް ނިއުސް އެޖެންސީއާ ހަވާލާދީ އަލް ޖަޒީރާގައި ބުނެފައިވާ ގޮތުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާ ދޭން ފެށި އޮޕަރޭޝަނަށް އެ ގައުމުން ކިޔަނީ ”ނަސްރުގެ އިއުލާން“ އެވެ.
އެ ހަމަލާތައް ދިންތާ އިރުކޮޅެއް ފަހުން އީރާނުގެ އިންގިލާބީ ފައުޖުން ވަނީ ގަތަރުގައި އޮންނަ ޔޫއެސް އަލް އުދެއިދު އެއާ ބޭސްއަށް މިސައިލް ހަމަލާތަކެއް ދީފައިވާކަން އިއުލާންކޮށްފަ އެވެ. ގަތަރުގެ ވެރިރަށް ދޯހާގެ ހުޅަނގު ދެކުނުގައި އޮންނަ އަލް އުދެއިދު އެއާ ބޭސްއަކީ 24 ހެކްޓަރު ބޮޑު ތަނެކެވެ. އެއީ އެމެރިކާގެ ސެންޓްރަލް ކޮމާންޑު ހުންނަ މައި މަރުކަޒެވެ.
އީރާނުގެ މި ހަމަލާގެ ސަބަބުން މެދުއިރުމަތީގައި ހަމަޖެހުންވަނީ ވަރަށް ބޮޑަށް ގެއްލި ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ.
އެއާއެކު ހަލީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މިދަނޑިވަޅުގައި، އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިނިސްޓްރީން އަދި މިޝަންތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
ހަލީލް ވިދާޅުވީ މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިން ހަނގުރާމައިގެ ކަންކަމަށް ސަމާލުވުމަށާއި ސަރުކާރުން ދޭ އިރުޝާދުތަކަށް އަމަލުކުރަން އިލްތިމާސްކުރާ ކަމަށެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި