މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ ސުވާލު ކުރަންވީ ވަގުތެއް ނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިރޭ ވަނީ ރާއްޖެޓީވީން މިރޭ ގެނެސްދިން ފަލަސުރުހީ ޕްރޮގްރާމުގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފަ އެވެ. އެ ޕްރޮގްރާމުގައި ޕްރެޒެންޓަރު ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ ރައީސް ސޯލިހުގެ އަރިހުން އައްސަވައިފަ އެވެ.
”ތިއީ މިއަދު ކުރަން ހެޔޮވާވަރުގެ ސުވާލެއް ނޫން. އެމްޑީޕީއަށް 20 އަހަރު ފުރިގެން އަދި އަޅުގަނޑުމެންނާ ދުރުގައި ތިބި ބަޔަކު އައިސް އެމްޑީޕީއާ ގުޅިގެން އެކީގައި މަސައްކަތް ކުރަން ފަށާ ވަގުތެއްގައި އަހާ ކަހަލަ ސުވާލެއް ނޫން ތިއީ،“ ރައީސް ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، 2028 ވަނަ އަހަރުގެ ވާހަކަ ދެއްކުމުގެ ކުރިން އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ. އެހެންކަމުން މިއަދު ފުރަތަމަ ކުރަންވީ ކަމަކީ އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށް ވިދާޅުވި އެވެ.
”..ތި ދައްކަވަނީ 2028ގެ ވާހަކަ. އަޅުގަނޑުމެންގެ ކުރިމަތީގައި އެބަ އޮތް 2026ގެ ލޯކަލް ކައުންސިލް އިންތިހާބު. އެ ވިން ކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އަޅުގަނޑުމެން އެންމެން ކުރަންވާނެ. ރިޔާސީ އިންތިހާބުގެ އިންޓްރެސްޓް ހުރި ބޭފުޅުން މިހާރުވެސް މަސައްކަތް އެބަ ކުރައްވާ. އެކަމަކު އަޅުގަނޑަށް ފެންނަނީ އެ ކަންތައްތައް އެހަށް މަޑުޖައްސަވަން. އެ ބޭފުޅުންވެސް. ކޮށްފައި ފޯކަސް ކުރަން އެންމެން އެކީގައި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ކުރެވެން ހުރި މަސައްކަތް ކުރަން،“ ރައީސް ސޯލިހު ވިދާޅުވި އެވެ.




ގުޅުންހުރި
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން