މާލޭގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ ބުޅާތައް މަދުވާ ސަބަބުން ހޯދަން ފުލުހުން ނުކުމެއްޖެ އެވެ.
ބުޅާތަކުގެ ހައްގުގައި މަސައްކަތްކުރާ ފީލައިން ވެލްފެއާއިން ވަނީ ބުޅާތައް ގެއްލެމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާއިން ބުނީ ބަޔަކު ބުޅާތައް މަރަމުންދާ ކަމަށް ނުބެލެވޭ ކަމަށާއ ނަމަވެސް ބުޅާތައް ދަނީ ގެއްލެމުން ކަމަށެވެ.
އެނިމަލްވެލްފެއާ މިނިސްޓްރީގެ ސަމާލުކަމަށް ބުޅާތައް ގެއްލޭ މައްސަލަ އައުމުން އެ މިނިސްޓްރީން ވަނީ އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް ސިޓީއެއް ފޮނުވައިފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ މިނިސްޓްރީއާ ގުޅިގެން ބުޅާތައް މަދުވާ ސަބަބު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާތަނަށް ކުރި މަސައްކަތުން ބުޅާތައް ގެއްލެން މެދުވެރިވި ވަކި ސަބަބެއް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.



