ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެވޭނެ ގޮތް ހެދުމުގެ ގޮތުން މަޝްރޫއެއް ފެށުމަށް ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރާއްޖެއިން އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އިންވެސްޓްމެންޓް މައިގްރޭޝަން އެޑްވައިޒަރީ ކުންފުނި ހެންލީ އެންޑް ޕާޓްނާސްއާ އެކު އެވެ.
އެ އެއްބަސްވުމުގެ ދަށުން، 2040 ވަނަ އަހަރަށް އެ މަޝްރޫއު ނިންމާލެވި އިންވެސްޓަރުންނަށް ރާއްޖޭގައި ދިރިއުޅެވޭނެ ގޮތް ފަހިވެގެންދާނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސިންގަޕޫރަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން
އިއްޔެ ހަވާސާގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ރާއްޖެއަކީ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ދަތުރުކުރާ މީހުންގެ މެދުގައި މަޝްހޫރުވެފައިވާ ކަމަށެވެ.
ހެންލީ އެންޑް ޕާޓްނާސްއާއެކު ރާއްޖެއިން ހެދި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އިންވެސްޓްކުރާ މީހުންނަށް ދިރިއުޅެން ލުއިގޮތްތަކެއް ހަމަޖައްސައިދެވޭނެ ކަމަށާއި އެފަދަ ޕްރޮގްރާމެއްގެ ތެރެއިން ރާއްޖޭގެ އިގްތިސާދު އިތުރަށް ޑައިވާސިފައި ވެގެންދާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މަހުޖަނުންނާއެކު ހަދާ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ދިރިއުޅުމަށް ލުއި ގޮތްތަކެއް ހޯދައި ދިނުމުގެ އިތުރުން އެހެން ކަންތައްތައް ވެސް ފަހިކޮށްދޭނެ ކަަމަށެވެ.

ގުޅުންހުރި
ޕީއެންސީން ވަގު ފޯމު ހުށަހެޅި ކަމުގެ ހެއްކެތް ނެތް: ފުލުހުން
ފުވައްމުލަކާއި އައްޑޫގައި ނުރައްކާތެރި ދެ އެކްސިޑެންޓް އިއްޔެ ހިނގައިފި
ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގެ ބޮޑު ޕަސަންޓެއް ޒުވާނުންނަށް
ހަ މަސްތެރޭ ޕީއެންސީން 300 މެންބަރުން ވަކިވި!
އިންވެސްޓްކުރާ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެން އަގުބޮޑު ގެ އާއި ލުއިތައް ހޯދައި
ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ ދުވަހުގެ އަދަދު 12 ޕަސެންޓު ދަށަށް