ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގެ ބޮޑު ޕަސަންޓެއް ޒުވާނުންނަށް ދިނުމަށް އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީން އެ ނިންމުން ނިންމާފައިވަނީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސް ޖަލްސާގައެވެ. މިރޭގެ ޖަލްސާގައި ކައުންސިލު އިންތިހާބަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށް ނިންމުންތަކެއް ނިންމައިފައެވެ.
އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާސްކޮށްފައިވަނީ ލޯކަލް ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގެ 33 ޕަސަންޓު ޒުވާނުންނަށް ހާއްސަކުރުމެވެ. ޕްރައިމަރީގައި ހާއްސަކުރާ އެ ގޮނޑިތަކަށް އެ އަދަދަށް މެންބަރުން ކުރިމަތިނުލައިފި ހާލަތެއްގައި، އެހެން އުމުރުފުރާތަކަށް އެ ޖާގަތައް ލިބޭގޮތަށް ވެސް ވަނީ ނިންމައިފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާގައި ދެން ފާސްކޮށްފައިވަނީ ޕްރައިމަރީގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ވެސް އެސެސްމަންޓެއްގައި ބައިވެރިކުރުވުމަށް މަޖުބޫރުކުރުވުމެވެ. އެ އެސެސްމަންޓު ފާސްނުވިޔަސް، ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތުދޭ ގޮތަށް ވަނީ ނިންމައިފައެވެ. އެ އެސެސްމަންޓަކީ އެމްޑީޕީގެ އުސޫލުތަކާއި އަމާޒުތަކަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ އެސެސްމަންޓުތަކެކެވެ.
ޕްރައިމަރީއަށް ވާދަކުރާ މެންބަރުންގެ ތެރެއިން ޝަރުތު ހަމަވާ މެންބަރުންނަކީ ކޮބައިކަން ދެނެގަތުމަށް ޕޮއިންޓު ދިނުމަށް ކޮންމެ ރަށަކުން ވެސް ކޮމިޓީއެއް އެކުލަވާލުމަށް ވެސް ވަނީ ނިންމައިފައެވެ. އެއީ 3-5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީތަކެކެވެ. ވަކި އުސޫލެއް ހަދައި، އެ އުސޫލާ އެއްގޮތަށް ޕޮއިންޓު ދޭން ޖެހޭ އިރު، އެ ކޮމިޓީން ނިންމާ ނިންމުންތައް މެންބަރުންނަށް އަންގާ ގޮތަށް ވެސް ވަނީ ހަދައިފައެވެ. އަދި ޝަރުތު ހަމަނުވާ ކަމަށް ކޮމިޓީން ނިންމައިފި ނަމަ، އިސްތިއުނާފުކުރުމަށް ގައުމީ މަޖިލީހަށް ހުށަހެޅޭ ގޮތަށް ވެސް ވަނީ ހަދައިފައެވެ.
އެމްޑީޕީން ނިންމާފައިވަނީ ލޯކަލް ކައުންސިލުގެ އިންތިހާބުގައި ހުރިހާ ގޮނޑިތަކަށް ވެސް ކެންޑިޑޭޓުން ނެރުމަށެވެ. އެހެންކަމުން ޕްރައިމަރީގައި ވާދަނުކުރާ ގޮނޑިއެއް ހިމެނޭ ނަމަ، އެ ގޮނޑިއަކަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޯދުމަށް ޕާޓީން މަސައްކަތްކުރުމަށް ވަނީ ނިންމައިފައެވެ.




ގުޅުންހުރި
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން