ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓް އިއްޔެ ހިނގައިފި އެވެ.
ސޯޝަލް މީޑިއާގައި އެ ދެ އެކްސިޑެންޓުގެ ވީޑިއޯތައް ދައުރުވަމުންދާއިރު ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލަކުގަ އެވެ.
ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގާފައިވަނީ މަގުގެ އެއް ފަރާތުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއް ކައިރީގައި ފިރިހެނަކު މަޑުކޮށްލައިގެން ހުއްޓައި، ފަހަތުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ޖެހިގެންނެވެ.
އެ އެކްސިޑެންޓުގެ ވީޑިއޯއިން ފެންނަނީ ކާރުން ޖެހުމާ އެކު ހަތަރު ސައިކަލު ވެސް ބިންމައްޗަށް ވެއްޓޭ މަންޒަރެވެ. އޭރު ދެ ސައިކަލު މެދުގައި ފިރިހެން މީހެއް ހުއްޓެވެ. އެ އުޅަނދުން ޖެހުމުން އޭނާ ވެސް ކާރު މައްޗަށް ފުރޮޅި، އޭގެ އަނެއް ފަރާތު ބިން މައްޗަށް ވެއްޓެ އެވެ. އިރުކޮޅެއް ފަހުން ފިރިހެން މީހާ ތެދުވެ، ހިނގައިގަންނަން އުޅެ އެވެ.
އައްޑޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވީ އުމުރުން ދޮށީ މީހަކަށެވެ.
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން އޭނާގެ ގައިގައި ޖެހުނީ ކަފިހި ހުރަހަކުން މަގު ހުރަސްކޮށް، ޕޭމަންޓަށް އަރާ ހަމަވިތަނާ ކަހަލަ ގޮތަކަށެވެ.
ސައިކަލުން ޖެހުމާއެކު ދެ މީހުން ވެސް ވެއްޓެ އެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި