މާލޭ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި އެވެ.
ފުލުހުން މިއަދު މާލޭ ގެއެއްގައި ހުއްދަނޫން ގޮތުގައި މީހަކު ބަންދުކޮށްފައި ހުރި ކަމަށް މިއަދު ހެނދުނު 6:00 އެހާކަންހާއިރު ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ހުށަހެޅުމުން ފުލުހުން ވަނީ އެ ގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ ބިދޭސީ މީހާ ސަލާމަތްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
އެ ބިދޭސީ މީހާއަށް ބޭރުފުށުން އަނިޔާވެފައިވާކަން ފާހަގަ ނުކުރެވުނު ނަމަވެސް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.



