ފާއިތުވި ހަމަސް ތެރޭގައި އެމްޑީޕީއަށް އިތުރުވީ 10 މެންބަރުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އީސީން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރު ފެށުނުއިރު އެމްޑީޕީގައ 52،142 މެމްބަރުން ތިއްބެވެ. ނަމަވެސް އޭގެ ފަހުން މެމްބަރުން މަދުވެ، އެ ޕާޓީގައި މިހާރު ތިބީ 43،755 މެމްބަރުން ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ.
އެމްޑީޕީއަށް ހަ މަސް ތެރޭގައި 10 މެމްބަރުން އިތުރުވިޔަސް، އެ ޕާޓީ އޮތީ ދެ ވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި ކަމަށް ތަފާސްހިސާބުން ދައްކަ އެވެ.
އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި އޮތީ ޕީއެންސީ އެވެ. އެ ޕާޓީގައި 68,665 މެމްބަރުން އެބަ ތިއްބެވެ. އެކަމަކު މީގެ ފަސް މަސް ކުރިން އެ އަދަދު ހުރީ 68،968 ގަ އެވެ.
އެހެންކަމުން މިދިޔަ ހަ މަސް ތެރޭގައި އެ ޕާޓީން މަދުވީ 303 މެމްބަރުންނެވެ.
އެހެން ޕާޓީތަކުގެ މެންބަރުންގެ އަދަދަކީ:
ޢަދާލަތު ޕާޓީ: 8,844
ޖުމްހޫރީ ޕާޓީ: 13,456
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް: 9,011މޯ
މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް: 2,272
މޯލްޑިވްސް ނެޝަނަލް ޕާޓީ: 5,836
ޕީޕަލްސް ނޭޝަނަލް ފްރަންޓް: 3,046

ގުޅުންހުރި
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމަށް ހުޅުވާލައިފި
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން
ބިލެތްފަހި އެއާޕޯޓް: މިދިޔަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ, މިއަހަރު ހަވާލުކުރީ އެމްއޭސީއެލްއާ
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ