ނެޓްފްލިކްސް އިން މުޅިން އަލަށް ސްޓްރީމް ކުރަން ފެށި ޝޯ، ”އޯލް ދަ ޝާކްސް“ގެ ފުރަތަމަ އެޕިސޯޑު ފުވައްމުލަކު ސިޓީގެ މަޝްހޫރު ”ޝާކް ޕޮއިންޓް“ އަށް ހާއްސަކޮށްފިއެވެ.
ދުނިޔޭގައި ފެމުނުމިޔަރުގެ އެންމެ ބޮޑު އާބާދީއެއް އޮތް ފުވައްމުލަކުގެ ”ޝާކް ޕޮއިންޓް“ އަކީ ފަތުރުވެރިންނަށް ވަރަށް މަގުބޫލު ތަނެކެވެ. އަދި އެއީ މިހާރު މުޅި ދުނިޔެއިން ވެސް ފާހަގަކޮށްލެވޭ މިޔަރު ޕޮއިންޓެކެވެ.
ނެޓްފްލިކްސްގެ ”އޯލް ދަ ޝާކްސް“އަކީ މިޔަރުގެ ފޮޓޯ ނެގުމުގެ މުބާރާތެއް ދައްކާ ޝޯއެކެވެ. އެ މުބާރާތުގެ އެއްވަނަ ހޯދާ ޓީމަށް 50،000 ޑޮލަރުގެ އިނާމެއް ކަނޑައަޅާފައިވާ އިރު، އިނާމެއްގެ ގޮތުގައި ލިބޭ އެ ފައިސާ ޗެރިޓީއަކަށް ހަދިޔާކުރާނެއެވެ.
https://www.youtube.com/watch?v=PCemp1-vDjE
ނެޓްފްލިކްސް އިން އިއްޔެ ފެށި ”އޯލް ދަ ޝާކްސް“ގެ ފުރަތަމަ އެޕިސޯޑު ފެށިގެންދިޔައީ ފުވައްމުލަކުގެ ރީތި ގޮނޑިދޮށްތަކުގެ މަންޒަރުތަކާއެކުއެވެ. އޭގެ އިތުރުން އެ ސަރަހައްދުގެ ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތައް ވެސް އެ އެޕިސޯޑުގައި ވަނީ ދައްކާލައިފައެވެ.
ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އެ ރަށް އިޝްތިހާރުވުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި އެ ޝޯގައި ފުވައްމުލަކު ފީޗާކުރުމުގައި އަހުމަދު އިނާހުއަށް ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އިނާހަކީ ޑައިވިންގެ ދާއިރާގައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހުރި ފަރާތެކެވެ. ފުވައްމުލަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ޑައިވިންގެ ހިދުމަތްދޭ ”ޕެލަޖިކް ޑައިވާސް“ ހިންގަނީ ވެސް އިނާހުއެވެ.

ގުޅުންހުރި
ޑްރަގް ވިޔަފާރިވެރިން ހޯދި އެއް މިލިއަން ރުފިޔާއާއި 12 ވެހިކަލާއި 38
ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނުން 130 ސިނގިރޭޓު ކާޓަން ވަގަށް
ފުވައްމުލަކު ބޭރުން ޑިންގީއެއްގައި ތިބި ސޯމާލިއާގެ ތިން މީހުން ފެނިއްޖެ
ޑްރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރަމުންދާ ނެޓްވޯޓެއް ފުވައްމުލަކުން އަތުލައިގެންފި
ފުވައްމުލަކުން ގެއްލުނު ކުއްޖާ ފެނުނީ މީހަކު ނެތް ފުލެޓެއްގެ ތެރޭގައި ބަންދުވެ،
ބިއްލޫރި ޝީޓްތަކެއް ގައިމައްޗެއް ވެއްޓި ފުވައްމުލަކުގައި ހަތަރު މީހަކަށް އަނިޔާވެއްޖެ