އެންސްޕާގެ ހަރަދުގައި ތައިލެންޑުން ފަރުވާ ހޯދަން 33 މީހަކަށް
އެހީދީފަަައިވާ ކަމަށް އާސަންދައިން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ”މިހާރު“ އިން ހުށަހެޅި ސުވާލުތަކަށް ދިން ޖަވާބުގައި އާސަންދައިން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތަށް ޔޫއޭއީ އަދި ތައިލެންޑުން ފަރުވާ ހޯދަން އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ.
އާސަންދައިން ބުނީ މިވަގުތުވެސް ތައިލެންޑުން ދެ މީހަކު ފަރުވާ ހޯދަމުންދާއިރު އިތުރު އެހެން މީހަކު ފަރުވާއަށް ފުރަން ހަމަޖެހިފައިވާ ކަމަށެވެ.
މިއަހަރުގެ ޖެނުއަރީން ފެށިގެން މޭ މަހުގެ ނިޔަލަށް އެންސްޕާއިން ވަނީ 33 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އާސަންދައިން ބުންޏެވެ.
އެއީ ޖުމްލަ 1.5 މިލިއަން ރުފިޔާ ކަމަށް އާސަންދައިން ބުންޏެވެ.



