ނ. މާފަރުގެ އިހުތިސޯސުން ފަރުމުލި ވަކިކޮށް، އެ ރަށް ޓޫރިޒަމަށް ހުޅުވާލައިފިއެވެ.
ރައީސް މިއަދު ނެރުއްވި ގަރާރަކުން ”ފަރުމުލި“ އަކީ މާފަރުގެ ބައެއް ނޫންކަމުގައި ވަނީ ކަނޑައަޅުއްވައިފައެވެ. އެއާއެކު، ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރަން ނިންމާފައިވާ ރަށެއްގެ ގޮތުގައި ”ފަރުމުލި“ ވަނީ ކަނޑައަޅުއްވައިފައެވެ.
ޓޫރިޒަަމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ފަރުމުލީގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
ފުރަމުލީގެ ފަޅުގައި 71.18 ހެކްޓަރު ސަރަހައްދެއް ހިމެނޭ އިރު، 15 ހެކްޓަރުގެ ބޮޑު ނޫން ރަށެއް ހިއްކުމުގެ މަސައްކަތްކުރެވޭނެއެވެ.
މިނިސްޓްރީން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އަދި އަންނަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، ތާވަލާ އެއްގޮތްވާގޮތުގެ މަތިން އެ މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް އެދޭ ކަމަށެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު 10 ގެ ހެނދުނު 10:00 އެވެ.
މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި މިމަހުގެ 20 އަދި އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް planning@tourism.gov.mv އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލްކުރުމަށް އެދޭ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ އިއުލާނާ ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމު އެ މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބެން ހުންނާނެ ކަމަށެވެ.
ބީލަން ފޮތް ލިބެން ހުންނާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 9 ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އާ ދެމެދު މިނިސްޓްރީ (ވެލާނާގެ، ފަސްވަނަ ފަންގިފިލާ)ގެ ރިސެޕްޝަނުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި
މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، ރަސްދޫ ރައްޔިތުންނަށް ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން: ރައީސް
ފެބްރުއަރީ މަހު ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ފަށަނީ
އަންނަ އަހަރު ކުރީކޮޅު ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓު އަޅައިދިނުމުގެ މަސައްކަތް
ދައުލަތުގެ އާމްދަނީން މީޑިއާތަކަށް 0.1 ޕަސެންޓް ދޭން އިއުލާންކޮށްފި
މިއަދާ ހަމަޔަށް އޮތީ ދިއުޅި ދިގު ނިޒާމެއް ކަމަށް، އެކަން ބަދަލުކުރީ
ކައުންސިލްތަކުގެ ބާރު ހަނިކުރުމަށް ގާސިމް ތާއިދު ކުރައްވައިފި