ޑުރަގު ޓްރެފިކިންގެ ކުށް ސާބިތުވެ ގ. ކަމަރާގެ، މުހައްމަދު ނަބީލު (ޔާޔާ ނަބީލް) އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އެ ކޯޓުގެ އޮފިޝަލަކު ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
ނަބީލަކީ މީގެ ކުރިން އޮރިޔާންކާޑު ހެދުމުގެ ކުށުގައި ވެސް ޖަލަށްލީ މީހެކެވެ. އެ ގޮތުން، އޭރު އޭނާ އެއް އަހަރު ދުވަހަށް ޖަލަށްލީ ޓިކްޓޮކްގައި ބަރަހަނާވެ، އޮރިޔާންކާޑު ހެދުމުގެ ކުށުގެ ދައުވާގައެވެ.



