ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް މި މަހު 26 ގައި ހުޅުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީން މިއަދު ބުނީ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު އިމާރާތް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.
ހުޅުމާލޭގައި އެ ދެ ކޯޓު ހަދާފައިވަނީ ކުރިން ހިންގި ކޮވިޑް ހޮސްޕިޓަލުގެ އިމާރާތުގަ އެވެ. އެއީ ހަަތަރު ފުލޯގެ އިމާރާތެކެވެ. އެތަން އަލުން މަރާމާތުކޮށް ހުރިހާ މަސައްކަތެއް ކުރީ އެޗްޑީސީންނެވެ.
މި އިމާރާތް ހުޅުވުމާއެކު، މާލޭގައި ހިންގާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް ބަންދުކުރަން ވަނީ ނިންމައިފަ އެވެ.



