މޫދުގައި ހިނގި ހާދިސާތަކުގައި 2020 އިން ފެށިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 112 ފަތުރުވެރިން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މޫދުގެ ހާދިސާތަކުގައި މިދިޔަ ހަތަރު އަހަރު މަރުވެފައިވާ ފަތުުރުވެރިންގެ އަދަދެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ފޮނުވާފައިވާ ސިޓީގެ ޖަވާބުގައި ފުލުހުން ވަނީ އެ ތަފާސް ހިސާބުތައް ހިއްސާކޮށްފައެވެ.
އެ ތަފާސް ހިސާބުގައިވާ ގޮތުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން މަރުވީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 34 ފަތުރުވެރިން މަރުވި ކަމަށް ފުލުހުން ބުންޏެވެ.
ހަތަރު އަހަރުގެ ތެރޭގައި އެންމެ ގިނަ ފަތުުރުވެރިން މަރުވެފައިވަނީ ގެނބިގެންނެވެ. ޖުމުލަ 68 ފަތުރުވެރިން ގެނބިގެން މަރުވެފައިވާ އިރު، މިދިޔަ އަހަރު އެކަނިވެސް 21 ފަތުރުވެރިން ވަނީ ގެނބިގެން މަރުވެފައެވެ. އަދި ޑައިވިން ނުވަތަ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް 42 ފަތުރުވެރިން ވަނީ މަރުވެފައެވެ.
އެ ތަފާސް ހިސާބުތަކުގައިވާ ގޮތުން ސްނޯކްލިން ނުވަތަ ޑައިވިނަށް ގޮސް އުޅެނިކޮށް ކަނޑުގައި ދުއްވާ އުޅަނދެއްގައި ޖެހިގެން ނުވަ މީހަކަށް އަނިޔާވެ އެކަކު ވަނީ މަރުވެފައެވެ.
ފަތުރުވެރިން މަރުވި އަދަދުތައް:
- 2020 – 9 ފަތުރުވެރިން
- 2021 – 19 ފަތުރުވެރިން
- 2022 – 22 ފަތުރުވެރިން
- 2023 – 28 ފަތުރުވެރިން
- 2024 – 34 ފަތުރުވެރިން (އޮކްޓޯބަރު މަހުގެ ނިޔަލަށް)




ގުޅުންހުރި
ނަވީންގެ ހިދުމަތުގެ އަގުވަޒަންކޮށްފި
ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ
ދީނަށް ފުރައްސާރަކުރާ މައްސަލައިގައި އާމިރު ހޯދަން އިއުލާންކޮށްފި
އެމްބިއުލާންސަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ