މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކޮށް ނިމޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ފަހުމީ މިއަދު ވިދާޅުވީ މަސައްކަތަކީ ކަސްޓަމަރުންނަށް ޒަމާނީ ހިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއްް ކަމަށެވެ.
ސްމާޓް އެޕްލިކޭޝަނުން ކަސްޓަމަރުންނަށް މީޓަރުގެ މައުލޫމާތު ފެންނަން ހުންނާނެކަމަށާއި، އޭގެ ތެރޭގައި ގަޑިއިރަކަށް، ދުވާލަކަށް ނުވަތަ ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވުނު މިންވަރު ހިމެނޭނެކަމަށް ފަހުމީ ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، އިގްތިސޯދު، ކަރަންޓަށް ކުރާ ހަރަދު ކުޑަކުރެވިގެންދާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
ސްމާޓް އެޕްލިކޭޝަން މެދުވެރިކޮށް އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި، އަދި ސްޓެލްކޯ ކެއާ މެދުވެރިކޮށް ކަސްޓަމާ ސާވިސް މުވައްޒަފުންނާ މުއާސަލާތުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓުގެ ފުރިހަމަ ހިދުމަތެއް ދިނުމަކީ ސްޓެލްކޯގެ މުހިންމު އަމާޒެއް ކަމަށާއި، އަދި މި އަމާޒަށް ވާޞިލުވުމުގައި ސަރުކާރާއި ރައީސ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް