ގަވާއިދާހިލާދާ އުޅެމުންދާ ބިދޭސީން ހޯދުމުގެ ގޮތުން އިމިގްރޭޝަންއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިލްބަހާރު މަގުން 31 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އެ ބިދޭސީންނަކީ ގަވާއިދާހިލާފަށް ވިޔަފާރިކޮށް، އެކިއެކި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް ކަމަށެވެ.
އެ ބިދޭސީން އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔުމުގެ މަސަައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ އޮޕަރޭޝަން އިމިގްރޭޝަން ކުރިއަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާއެކުގަ އެވެ.



