ގަބުރުސްތާންތައް ހުސްކޮށް އެ ތަންތަނުގައި ޕާކާއި ކުޅިވަރު ކުޅޭތަންތަން ހެދުން ހުއްދަ ނުވާނެ ކަމަށް ފަތުވާ މަޖިލީހުން ފަތުވާ ނެރެފި އެވެ.
މާލޭ ސިޓީ ކައުންސިލުން ދަނީ މާފަންނު ސަހަރާއާއި ގަލޮޅު ސަހަރާގައި ޕާކިން އޭރިއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ކުރުމުގެ ގޮތުން މާފަންނު ސަހަރާއާއި ގަލޮޅު ސަހަރާ ކޮނެ އެތަނުން ގަބުރުތައް ނަގައިފަ އެވެ. ސިޓީ ކައުންސިލުން ނިންމާފައިވަނީ މާފަންނު ސަހަރާގައި ކުޅޭނެ ޕާކެއް ވެސް ހެދުމަށެވެ.
ފަތުވާ މަޖިލީހުން މިއަދު އާންމުކުރި ފަތުވާގައި ވަނީ އިސްލާމްދީން ވަނީ އާދަމްގެފާނުންގެ ދަރީން، އެކަލާނގެ އުފެއްދެވި ގިނަ މަހްލޫހުތަކުންގެ މައްޗަށް މާތްކުރައްވައި މަތިވެރި ކުރައްވާފައި ކަމަށެވެ.
ފަތުވާގައި ވަނީ ވަހީ ބަސްފުޅުތަކާއި ނަބިއްޔާގެ ހަދީސްތައް ހިމަނާ އެކަންކަމާއި ހަވާލާދީ ބުނީ އިންސާނުންގެ އެ މަތިވެރިކަމަކީ މުސްލިމު އަހާ ދިރިހުރުމާއި އެކަނި ގުޅިފައިވާކަމެއް ނޫން ކަމަށާއި އިންސާނާ މަރުވުމަށް ފަހުވެސް އެ އިހްތިރާމު ދެމި އޮންނާނެ ޖެހޭނެ ކަމަށެވެ.
މިއީ އިސްލާމީ ޝަރީއަތުގައި ގިނަގުނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރުކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެކަމަށް ފަތުވާގައި ބުންޏެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި