ސްކޭމްގެ ތަފާތު 12 މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހަކު އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި ހައްޔަރުކޮށްފި އެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ރަބީއު، ސާއިފް އަހުމަދު ދީދީ (30އ) އެވެ.
ފުލުހުން ބުނީ، ސާއިފް ހައްޔަރުކޮށްފައިވަނީ ތަފާތު އެކި ދުވަސް މަތިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެކި ފަރާތްތަކުގެ އަތުން މަކަރާއި ހީލަތުން 30،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.
އެ މީހާ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި، ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ޖުލައި 12 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 އަކުންނެވެ.
ފުލުހުން ބުނީ، މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާއަކީ މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ ކުށުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ. އަދި މި މައްސަލަތަކާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ބުންޏެވެ.

ގުޅުންހުރި
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކުރަން ފަށައިފި
މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ 41500 ރުފިޔާއާއެކު 2 މީހުން ހައްޔަރުކޮށްފި
މީޑިއާ މިނިވަންކަން ހަނިކުރާ ބިލަކީ ރިޔާސީ ދައުރު ދަންމާލުމުގެ ފުރަތަމަ ފިޔަވަޅު:
ލޯނު ދެއްކުމަށް ކަނޑައެޅި ބަޖެޓު ހުސްވެ، އިތުރަށް ހަރަދުކޮށްފި
ފަލާހު، އިންނަމާދޫން 3 ގޯއްޗާއި ހުޅުމާލެ އިން ގޯއްޗެއް ބައްލަވައިގެންފި!
މީޑިއާ ބިލު ބޭރުކޮށްލަން ގޮވާލައި 40 މީޑިއާއެއްގެ 151 ނޫސްވެރިން ސޮއިކޮށް