އއ. މާޅޮހުގައި ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން މަރުވި އަބްދުއްރަހުމާން އާދަމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން މާލެ ގެނެސްފި އެވެ.
މާޅޮހު، އޯކިޑްމާގޭ، އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން ޒަހަމްކޮށްލީ އޭނާ ދިރިއުޅޭ ގޭގައި ނިދާފައި އޮއްވައި ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް ރޭ ފަތިހު އޭނާ ވަނީ މަރުވެފަ އެވެ.
އެ މަރުގެ ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް މާޅޮހުގައި ހަރަކާތްތެރިވަމުން އަންނައިރު، ފުލުހުން ބުނީ ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށާއި އޮޓޮޕްސީ ހެދުމަށް އަބްދުއްރަހުމާންގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުއްރަހުމާން އާއެކު ގޭގައި އުޅެނީ އޭނާގެ އަންހެނުން އެކަންޏެވެ. އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮތްތަން ފެނިގެން އެކަން ސިއްހީ މަރުކަޒަށް އެންގީ އޭނާގެ އަންހެނުންނެވެ. އެކަން ފުލުހުންނަށް ރިޕޯޓް ކުރީ ރޭ ދަންވަރު 1:50ގައެވެ.
މާޅޮހުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ހަމަލާގައި އަބްދުއްރަހުމާނުގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ. އެގޮތުން އޭނާގެ ސިކުނޑީގެ ބައެއް ފެންނާން އޮތް ކަމަށާއި އެނދުމަތީގައި ގިނަ އަދަދެއްގެ ލޭވެސް ހުރި ކަމަށްވެ އެވެ.
އެޑިޓަރުގެ ނޯޓް: މި ހަބަރުގައި ޖަހާފައިވާ ފޮޓޯއަކީ މިހާރު އޮންލައިންގެ ފޮޓޯއެކެވެ.

ގުޅުންހުރި
ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް އާންމުކޮށްފި
ކޯޓުން ހުކުމްކުރުމުން ވެސް ޕީއެސްއެމުން ރިޔާސީ އިންތިހާބުގެ ކަވަރޭޖް ސޮޕްޓްވެއާގެ ފައިސާ
އެމްޑީޕީން ބާއްވަން އުޅުނު ދުވުމަށް ސެންޓްރަލް ޕާކު ނުދިނުމުން މަޖީދީ މަގުގައި
އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުންގެ މަސައްކަތު ވަގުތު ހަ ގަޑިއިރަށް ކުޑަކޮށްފި
ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ
އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު އަރުވަނީ