މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކު މަރުވެެއްޖެ އެވެ.
އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި އޮންނަ ކަފިހި ހުރަހުން މީހަކު ހުރަސް ކުރަނިކޮށް ސައިކަލުން އައިސް އޭނާގެ ގައިގައި ޖެހުމުންނެވެ. ސައިކަލު ދުއްވާފައި އައި ބާރުމިނުގެ ސަބަބުން މަގު ހުރަސްކުރި މީހާގެ ގައިގައި ޖެހި، އޭނާ ވިއްސައިގެން ދިޔައިރު ސައިކަލު ގޮސް ޖެހުނީ ލޮރީއެއްގެ ކުރިމައްޗަށެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެކްސިޑެންޓުގައި މަރުވީ ސައިކަލު ދުއްވަން އިން 17 އަހަރުގެ ކުއްޖެކެވެ.
އެކްސިޑެންޓުގައި ދެން ޒަހަމްވީ އުމުރުން 16 އަހަރުގެ ކުއްޖަކަށާއި އުމުރުން 40 އަހަރުގެ މީހަކަށެވެ. އެ ދެ މީހުންގެ ހާލުވެސް ސީރިއަސް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.




ގުޅުންހުރި
ރައީސް މައުމޫނަށް ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ އަރުވަނީ
ބަނގުލަރާއެކު ގެސްޓްހައުސްއަކުން ހައްޔަރުކުރި ފުލުހަކު ސަސްޕެންޑުކޮށްފި
ހިތަދޫ ކަސްޓޯޑިއަލަށް މަސްތުވާތަކެތި ވެއްދި މައްސަލައިގައި ފުލުހަކަށް ދައުވާކުރަން ފޮނުވައިފި
މީގެ ކުރިން މާލެ ސަރަހައްދުގެ ސްކޫލުތަކުން ދުވާލަކު 60 އެއްހާ ވޭޕް
ރައީސް އިބޫ، ސައިފޮދަކަށް ގެދޮރުވެރިޔާ ފުލެޓަށް
ދަނބިދޫ އާއި ގަމުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި