ފެމިލީ ކޯޓުން ވެސް ދަރީންނަށް ހަރަދު ނުދޭ މީހުންގެ ވަނަވަރު އާއްމުކުރަން ފަށައިފި އެވެ.
ފެމިލީ ކޯޓުން މިއަދު ބުނީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހުންނަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް އެފަދަ މީހުންގެ މައުލޫމާތު އާންމުކުރަން އެ ކޯޓުން ފަށައިފައިވާ ކަމަށެވެ.
އެގޮތަށް، އާއްމުކުރި ފުރަތަމަ މީހަކީ ދަފްތަރު ނަމްބަރު 2758، އަހުމަދު އަލީ އެވެ.
ދެމަފިރިން ވަރިވުމަށް ފަހު ދަރީންގެ ޚަރަދު ދިނުމުގައި އިހުމާލުވުމުގެ މައްސަލަތައް އާންމު ގޮތެއްގައި ފެމެލީ ކޯޓަށް ހުށަހަޅާކަން ތަފާސްހިސާބުތަކުން ހާމަވެއެވެ.



