ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލްގައި ހިދުމަތް ދޭނީ 100 ޕަސެންޓް ދިވެހި ޒުވާނުން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ހޭޔަންބޯ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ, މި މަހުގެ 26 ގައި އާ ޓާމިނަލް ހުޅުވަން ތައްޔާރުވަމުން އަންނައިރު އެ ތަނަށް ބޭނުންވާ މުވައްޒަފުން މީގެ ހަ މަސް ކުރިން ތަމްރީން ކުރަން ފަށައި, އެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އެގޮތުން ބައެއް މުވައްޒަފުން ރާއްޖެއިން ބޭރުންވެސް ތަމްރީން ހަދާފައިވާކަން ފާހަގަކުރެއްވި އެވެ.
”އަޅުގަނޑު ވަރަށް އުފާވެ ފަހުރުވެރިވާ ކަމެއް މިހާ ޓެކްނޮލޮޖީ އެޑްވާންސް ފެސިލިޓީއެއް ރަންކުރަން މިތިބީ 100 ޕަސެންޓް މަށް ދިވެހިން. ހާއްސަކޮށް ޒުވާން ދިވެހިން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މުސްތަގުބަލު ވަރަށް އުޖާލާ. އަޅުގަނޑު މިއަށްވުރެ އުފާވާ ކަމެއް ނެތް. 100 ޕަސެންޓް ޒުވާން ދިވެހި ކުދިން މި ކަންތައްތަކުގައި އުޅެ, ޓެކްނިކަލީ އެންމެ ހައި ލެވެލްގައި މަސައްކަތް ކުރަނީ,“ ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވި މަޝްރޫއުއަކީ އާ ޓާމިނަލްގެ މަޝްރޫއު ކަމަށާއި އެ ޒިޔާރަތަށްފަހު އެ މަނިކުފާނު އެންމެ އިސްކަމެއް ދެއްވި މަޝްރޫއުއަކީވެސް އެއީ ކަމަށެވެ. އެހެންކަމުން އޭނާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ނަމަވެސް އެކަމުގެ މޭސްތިރިއަކީ ރައީސް މުއިއްޒު ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި
އީސަބެގެ ހިތް އަދިވެސް އެއާޕޯޓުގައި, ހިލޭ ސާބަހަށް މަސައްކަތް ކުރަންވެސް ތައްޔާރު!
ވީއައިއޭ މަޝްރޫއުއަށް ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް
އެއާޕޯޓް ޓާމިނަލް ހަދާ ބިދޭސީންގެ މެދުގައި ބޮޑު މާރާމާރީއެއް، ގިނަ ބަޔަކަށް
އެއާޕޯޓުން ސިނގިރޭޓް ކާޓަން ބޭރު ކުރި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި
މިދިޔަ އަހަރު 5.2 ބިލިއަން ރުފިޔާގެ ލޯނު ނެގި!