ރާއްޖޭގެ މައި ވައިގެ ބަނދަރު, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތައް ދައްކައި ނިންމަވާނެ ކަމަށް އެއާޕޯޓް ހިންގާ ކުންފުނި, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ވީއައިއޭގެ އާ ޓާމިނަލް މި މަހުގެ 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނައިރު އެ ޓާމިނަލަށް ދައުލަތުން ގާތްގަނޑަކަށް 457 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ) ގެ ލޯނު ނަގާފައިވެ އެވެ.
ޓީވީއެމްގެ ހޭޔަންބޯ ޕްރޮގްރާމުގައި މިއަދު ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ, އެމްއޭސީއެލްއަކީ ޓެކްނިކަލް ރޮނގުންނާއި ވިޔަފާރީގެ ރޮނގުންވެސް ފަންނީ ދިވެހި ބޭފުޅުން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ. އަދި އެއާޕޯޓެއްގައި ހިންގާ ތަރައްގީގެ މަޝްރޫއެއްގައި ނަފައާއި ގެއްލުން ބިނާވެގެންވަނީ އެ ބަޔަކު އެ ކުރާ މަސައްކަތުގެ ވައްޓަފާޅިއަށައި ކުރާ މަސައްކަތެއްގައި އިސްކަންދޭ މިންވަރަށް ކަމަށް ވިދާޅުވި އެވެ.
އެގޮތުން ޝަރީފު ފާހަގަކުރެއްވީ އޭނާ އެމްއޭސީއެލްއާ ހަވާލުވުމަށްފަހު ފައިދާވާ ގޮތަށް ފެއްޓެވި ބައެއް ކަންކަމެވެ. އޭގެ ތެރޭގައި ހަދާފައި ބޭނުން ނުކޮށް އޮތް ކާގޯ ޓާމިނަލް ދެ މަސް ތެރޭގައި އޮޕަރޭޝަނަށް ގެނެސް, ސީ-ޓު-އެއާ ފެށުމާއި ފިއުލް ހައިޑްރަންޓް ސިސްޓަމް އޮޕަރޭޝަނަށް ގެނެސްގެން ފައިދާ ހޯދުން ފާހަގަކުރެއްވި އެވެ.
ޝަރީފު ވިދާޅުވީ, އެމްއޭސީއެލްގެ މާލީ ހިސާބުތައް ހުރީ ރަނގަޅަށް ކަމަށާއި މިދިޔަ އަހަރަށްވުރެ މި އަހަރު ލިބުނު ފައިދާ ރަނގަޅު ކަމަށެވެ. އެހެންކަމުން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކައި ނިންމޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެންނަށް ބޭންކުތަކުންނާއި ފަންދިން އެޖެންސީތަކުން ލޯނު ދޭއިރުވެސް އަޅުގަނޑުމެންގެ ބެލެންސް ޝީޓަށް ބަލާ. ކޭޝް ފްލޯއަށް ބަލާ. ފިއުޗާގައި އަޅުގަނޑުމެންގެ ޕްރޮޖެކްޝަން އޮތީ ކިހިނެތްތޯ ބަލާ. އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ އެމްއޭސީއެލްގައި މި ލޯނުތައް ދެއްކުމުގެ ފުރިހަމަ ގާބިލުކަން އެބަ އޮތެ. އެއްވެސް ބޭފުޅަކު މިކަމަށް ހާސްވެވަޑައިގަންނަވާނެ ކަމެއް ނެތް. އެމްއޭސީއެލް އިން މި ލޯނުތައް ދައްކައި ނިންމާނެ,“ ޝަރީފު ވިދާޅުވި އެވެ.

ގުޅުންހުރި
ކަލްޓަން ރެފްރިޖަރަންޓް: ތިމާވެއްޓާ ރައްޓެހި އަދި އެންމެ ކުޑަ އަގުގައި މޯލްޑިވް
ހަތް ދުވަސް ވެއްޖެ، ޔާމީންގެ ހަބަރެއް ނުވޭ، ރާއްޖެއިން ބޭރަކަށް ނުފުރާ
ޒަމާނީ އާ ޓާމިނަލްގައި ހިދުމަތް ދޭނީ 100 ޕަސެންޓް ދިވެހިން, އެއަށްވުރެ
މުސްލިމަކާ ދިމާލަށް ތިއީ ކާފަރެއް ބުނެވެނީ ރޯމާ ދުވާލު ފަދަ ވަރުގަދަ
ބަންޑުން ޖަހާލި ޑިންގީއެއްގެ މަތީގައި ތިބި ދެ މީހަކު ސަލާމަތްކޮށްފި
އީސަބެގެ ހިތް އަދިވެސް އެއާޕޯޓުގައި, ހިލޭ ސާބަހަށް މަސައްކަތް ކުރަންވެސް ތައްޔާރު!