ޕޮލިސް ބޯޑުގެ ލަފަޔަށް ފުލުހުންގެ އިސް ފަސް އޮފިސަރަކު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވީ ނަމަވެސް ދައުލަތުން ޝަރީއަތުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ފަސް އޮފިސަރުންނާ މެދު ތަފާތުކޮށް ކަންކަން ކުރަމުންދާ ކަމަށް ބުނެ، އެ ކޯޓުން އެ މައްސަލަ މިއަދު ބާތިލުކޮށްފި އެވެ.
ހައި ކޯޓުން އެ މައްސަލަ ބޭރުކޮށްލީ، އެ އޮފިސަރުން ވަކިކުރި ނިންމުން ސިވިލް ކޯޓުން ބާތިލުކުރި މައްސަލަ އިސްތިއުނާފު ކުރުމުންނެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރި އިރު މި މައްސަލައިގައި ހިމެނޭ މުހައްމަދު ޖަމްޝީދު އާއި އަހުމަދު މުހައްމަދުގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. ނަމަވެސް އަބްދުالله ޝަރީފާއި މުހައްމަދު ދާއުދާއި އިސްމާއިލް ޝަމީމް އާދަމް ތިބީ އަދިވެސް ފުލުހުންގެ ވަޒީފާގަ އެވެ.
ހައި ކޯޓުން މި މައްސަލަ ބާލިކުރި އިރު، އެ ކޯޓުގައި މި މައްސަލަ ތާށިވެފައި އޮންނަތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ. މައްސަލަ ބާތިލުކުރި އިރު، ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކޮށް، އެ އަށް އަމަލުނުކުރަން ހައިކޯޓުން ކުރިން އޮތީ އަމުރު ކޮށްފަ އެވެ.
ހައި ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދިޔައީ ގައުމީ ސަލާމަތަށް ބަލައި، އާންމުކޮށް ހުޅުވައި ނުލަ އެވެ.
ދައުލަތުން ޝަރީއަތުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ ފުލުހުންގެ އިސް ފަސް އޮފިސަރުންގެ މައްސަލަ ހައި ކޯޓުން ބާތިލް ކުރިއިރު އެ ކޯޓުގެ ހުކުމުގައި ބުނީ އިސްތިއުނާފުގެ ނަޒާހަތްތެރިކަމަށް ބުރޫއެރުމުގެ އިތުރުން ޝަރުއީ ނިންމުންތަކުގެ އިތުބާރު ވެސް ގެއްލޭ ކަމަށެވެ.


 
					

ގުޅުންހުރި
ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމަށް ބާއްވާ ދުވުން ފަށައިފި
އިބޫ، ރައީސް މުއިއްޒަށް: ކިތަންމެ ވަރަކަށް އެއާޕޯޓުތައް ހަދާނެ ކަމަށް ވިދާޅުވިޔަސް،
ރިވެތި އަހުލާގުގެ ވެރިޔަކަށް ވާށެވެ! އެއީ ގިޔާމަތް ދުވަހުގައި އެ މީހާގެ
ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ، މާފުއްޓަށް ފައިބަން ބޭނުމެއް ނޫން:
ކަނޑުމަތީގައި އޮޑިދޯނިފަހަރަށް ލިބޭގެއްލުންތަކަށް ހައްލު: އެލައިޑްގެ މެރިންހަލް އިންޝުއަރެންސް