އިންޑިއާ ފަސްޓްއޭ ކިޔަނީ ސަލާން ޖަހައިގެން ފައިސާ ހޯދަން ވެގެން: އުމަރު

އިންޑިއާ ފަސްޓް ސިޔާސަތާ ގުޅޭ ގޮތުން އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިއްޔެ ވިދާޅުވީ، އިންޑިއާ ފަސްޓް ޕޮލިސީ ދޫކޮށްލަންޖެހޭ ކަމަށެވެ. އުމަރު ވިދާޅުވީ ދަރަނިން ސަލާމަތްވެ، އިންޑިއާއާއި ޗައިނާއާއެކު ހަގީގީ މާނައެއްގައި ވިޔަފާރިކޮށް ދެ ގައުމުގެ ވިޔަފާރީގެ މާކެޓުން ރާއްޖެއިން ޖާގަ ހޯދަންޖެހޭ ކަމަށެވެ.

”(އިންޑިއާ ފަސްޓް) މިއީ އެއްގޮތަކަށް ވެސް ދެވަނަ ބޭނުމެއްގައި ކުރާ ކަމެއް ނޫން. އޭގެ މާނައަކީ ނާށިގަނޑު ހިފައިގެން ދަންޏާ ޖެހޭނެތާ ރަސްގެފާނުގެ މޮޅު ވާހަކަ ދައްކަން، އެގޮތަށް ދައްކާ ވާހައެއް އެއީ އަސްލު،“ އުމަރު ވިދާޅުވި އެވެ.

”މިހާރު ވެސް ވިޔަފާރި ކުރާ ނަމަވެސް ރާއްޖެއަކަށް ނޯވޭ އެ ގައުމުތަކުގެ މާކެޓަކަށް އެކްސެސްއެއް ބޭނުން ގޮތަކަށް. މީގެ އެއް މިސާލަކީ މަސް ބޭރުކުރުން، އަހަރުމެންނަށް މި ބޭރު ކުރެވެނީ ރޯމަސް، އަހަރުމެންނަކަށް ނުފޮނުވޭ ފައިނަލް ޕްރޮޑަކްޓެއް، ފަައިނަލް ޕްރޮޑަކްޓް ފޮނުވަންޏާ ބައިވަރު ކޮސްޓްތައް ހުރޭ މާކެޓް ތެރެއަށް ވަނުމަށް,“

އުމަރު ވިދާޅުވީ ސަލާން ޖަހައިގެން އަބަދު ގައުމަށް ބޭނުންވާ ފައިސާ ހޯދަން އުޅުމުގެ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށެވެ.