މިއަދު 6 ހަވީރު ގެ ފަހުން ގްރީން ޒޯނުގައި ޕާކު ކުރުން މަނާވާނެ ކަމަށާއި އެ ސަރަހައްދުގައި ހަވީރު 6 ގެ ފަހުން ޕާކުކުރާ އުޅަނދުތައް ޓޯ ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އެންގުމުގައި ވަނީ އެ ސަރަހައްދުގެ މަގުތަކުގައި ޕާކުކޮށްފައި ހުރި ހުރިހާ އުޅަނދެއް މިއަދުގެ ހަވީރު 6:00 ކުރިން ނެގުމަށެވެ.
އޭގެ ފަހުން އެ ސަރަހައްދުތަކުގައި ނުނަގައި ހުންނަ އުޅަނދުތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެންވެ ފުލުހުން މިއަދު ވަނީ ހަވީރު 6 ގެ ކުރިން އެ ސަރަހައްދުން އުޅަނދުތައް ނެގުމަށް އަންގައިފަ އެވެ.
އުޅަނދުތައް ނަގަން އަންގާފައިވާ މަގުތައް:-
– ބޮޑުތަކުރުފާނު މަގު (ބީއެމްއެލްއިން ފެށިގެން ލޯކަލް މާރުކޭޓާ ހިސާބަށް)
– އަމީރު އަހުމަދު މަގު (މަޖީދިއްޔާ ސްކޫލާ ހިސާބަށް)
– މެދުޒިޔާރަތް މަގު
– ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ވަށައިގެންވާ މަގުތައް
– ޗާނދަނީ މަގު (ލީލީ މަގާ ގުޅޭ ކަންމަތިން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް)
– ލިލީ މަގު (ސަލްޓަން ޕާކު ހިމެނޭ ސަރަހައްދު
ފުލުހުން އެފަދަ އެންގުމެއް އެންގިއިރު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން، ފުޅަނދުބުރާ އެކު މާލޭގައި ގިނަ ހަރަކާތްތަކެއް ބާއްވަން ސަރުކާރުން ވަނީ ތައްޔާރުވެފަ އެވެ. އެ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރަން އަންނަ ހޯމަ ދުވަހާ ހަމައަށް ސަރުކާރު ވަނީ ބަންދު ކޮށްފަ އެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި 26 ވަނަ ދުވަހު ހެނދުނު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމާއި އެ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް އޮންނާނެ އެވެ.

ގުޅުންހުރި
ހަމަލާ ދިނުމުގެ ކުރިން ވައިޓްހައުސްއިން އިންޒާރު ދިންކަމަށް ބުނާ ބުނުން ގަތަރުން
އަގު ކޮންޓްރޯލް ކުރަން އެސްޓީއޯ އިން އޮރެންޖު އެތެރެކޮށް ވިއްކަން ފަށައިފި،
”ކަނބުލޮ“ ކާމިޔާބު ކޮށްފި! މި ހަފްތާ ބަންދުގައި އެކަނިވެސް 56 ޝޯ
އަލީބާބާގައި މުދާ ވިއްކޭ ގޮތް ދިވެހިންނަށް ހަމަޖައްސައިދެނީ
ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކޮށްފި
ބިދޭސީންނާ ގުޅުން ހުރި ފީގެ ގޮތުގައި ދައުލަތަށް ލިބެނީ 1.2 ބިލިއަން