ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވަރަށް ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
”މިނިވަން އުފާ ސޭލް“ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ކެމްޕެއިން ކުރިއަށް ދާނީ މިއަދުން ފެށިގެން 2 އޮގަސްޓް 2025 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެގޮތުން އެ މުއްދަތުގައި ވިޔަފާރި ކުރައްވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދުވަހަކުވެސް ގުރުއަތެއް ނެގި، ގުރުއަތުނަ ހޮވޭ އެއް ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ސޭލްގެ މައިގަނޑު ބޭނުމަކީ އެސްޓީއޯ އާއި އާއްމުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް މުދާ ވިއްކާ ފޯރުކޮށްދިނުމެވެ.



