ގިނަ ބެލުންތެރިން ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުން އަންނަ ފިލްމު، ކަނބުލޮގެ ޓިކެޓް ވިއްކަން މިއަދު ފަށާފައިވާ ކަމަށް ފިލްމުގެ ޕްރޮމޯޝަން ހިންގާ އިންސްޓަގްރަމް ޕޭޖުގައި ބުނެފި އެވެ.
ރެކޯޑް ހެދި، ކާމިޔާބު ފިލްމު ”ކަމަނާ“ ގެ ޕްރޮޑިއުސަރު އަލީ ޝާނިޒް މުހައްމަދު އަދި ހުސެން މުނައްވަރު ޕްރޮޑިއުސްކުރާ މި ފިލްމު އޮލިމްޕަހުގައި އަޅުވާނީ 31 އޯގަސްޓްގައެވެ. މި ފިލްމު ހުށަހަޅައި ދެނީ ކިޑް ޕްރޮޑަކްޝަން އާއި ސެޓާން ސްޓޫޑިއޯ އިންނެވެ.
މުޖުތަމައުގައި ޖިންސީ އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކުގެ މައްޗަށް އަލިއަޅުވާލައި، އަނިޔާވެރިކަމާއި ހިތާމަޔާއި ހިތްދަތިކަމުގެ ތެރެއިން އުންމީދާއި ލޯތްބާއި އުފާވެރިކަންވެސް ދައްކުވައިދޭ މި ފިލްމަކީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ގައުމީ މުބާރާތުގައި އެންމެ މޮޅު ވާހަކައަކަށް ހޮވުނު ”ޔުކްތާ“ ވާހަކަ އަސްލަކަށް ބަލައިގެން ތައްޔާރުކުރާ ފިލްމެކެވެ.
ޔަޝްފާ އަބްދުލް ގަނީގެ މި ވާހަކައިގެ ސްކްރީން ޕްލޭ ލިޔެފައިވަނީ ރާއްޖޭގައި ނެރުނު އެންމެ ކާމިޔާބު ފިލްމުތަކާއި ޑްރާމާތަކުގެ ސްކްރީން ޕްލޭ ލިޔުނު މަހުދީ އަހުމަދެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.
މި ފިލްމުގެ ޓްރެއިލާ އިން ވެސް ފިލްމުގެ އަސަރުގަދަކަމާއި ރީތިކަން ދައްކުވައިދެ އެވެ. އެގޮތުން ހިތާމައާއި ކެކުޅުން، ރުއިމާއި ހިތްދަތިކަމުން ފުރިފައިވާ މި ފިލްމުގެ ޓްރެއިލާ އިން ބެލުންތެރިންގެ ހިތްތައް މިހާރުވެސް ވަނީ އަތުލައިފަ އެވެ.
މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު, އަދި މަރިޔަމް ޝަކީލާ އެވެ.
ފިލްމުގެ ޓިކެޓް ބުކިންއަށް ކުރިން ހުޅުވާލާފައިވާއިރު ފުރަތަމަ ޝޯގެ ބުކިން މިއަދު 12 ޖެހުމުގެ ކުރިން ނުނަގާނަމަ ކެންސަލް ވާނެ އެވެ.




ގުޅުންހުރި
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް