ވައިގަދަވެ ކަނޑުތައް ގަދަވާނެތީ އުތުރަށް ޔެލޯ އެލާޓް އަދި ދެކުނަށް ވައިޓް އެލާޓް މެޓު އޮފީހުން ނެރެފި އެވެ،
މެޓުން މިއަދު ބުނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 7:30 އިން ފެށިގެން މެންދުރު 1:30 އަށް ކަމަށެވެ. ޔެލޯ އެލާޠް ނެރުނީ އުތުރަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ.
އަދި ވައިޓް އެލާޓް ނެރެފައިވަނީ އއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ކަމަށެވެ. އެ އެލާޓް ނެރެފައިވަނީ ހެނދުނު 7:30 އިން ފެށިގެން މެންދުރު 1:30 ގެ ނިޔަލަށް ކަމަށެވެ. ވައިޓް އެލާޓް ނެރެން ޖެހުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭީ ކަމަށެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެއަށް ބުދަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށާއި، ހާއްސަކޮށް މުޅި ރާއްޖެއަށް ވިއްސާރަވެ، އާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް މެޓުން މީގެ ކުރިން ބުނެފައިވެ އެވެ.

ގުޅުންހުރި
އިޒްރޭލަށް ޖާސޫސު ކޮށްދިން އީރާނުގެ ސައިންޓިސްޓަކަށް މަރުގެ އަދަބު ދީފި
ޔޫކޭގައި ޖިންސީ ގޯނާކުރި މައްސަލައެއްގައި ޖަލަށްލީ ދިވެއްސެއް ނޫން!
އެސްޓީއޯއިން ފިޔާ ކިލޯއެއް 15 ރުފިޔާއަށް ވިއްކަނީ
މިއަހަރު ތެރޭގައި ސޮވެރިން ފަންޑަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި
ދަރަނި ދައްކަން ރިޒާވުން 212 މިލިއަން ޑޮލަރު ބޭނުންކޮށްފި
ރުފިޔާގެ އަގު ވެއްޓުން ހުއްޓުވުމަށް 2.1 ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވައިފި