ހދ. ކުމުންދޫ ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލައި ކަނޑުވި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ ކުމުންދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު ހެނދުނު 08:45 ހާއިރު ކަމަށެވެ. އެ މަޢުލޫމާތު ލިބުމާ އެކު، ކޯސްޓްގާޑު ހާބަކްރާފްޓް ލޯންޗު އެ ސަރަހައްދަށް ގޮސް، ކަނޑުވެފައި ތިބި ހަތަރު މީހުން ސަލާމަތްކުރި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ދެރަވުމާ ގުޅިގެން ކޯސްޓްގާޑުން އެ ދެ މީހުން ހދ. ކުޅުދުއްފުއްޓަށް ގެންގޮސްދީފައިވާ ކަމަށެވެ.
އެ ފަހުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި، 66 އަހަރުގެ ދިވެހި ފިރިހެން ހިމެނޭ ކަމަށާއި އެ މީހާ މަރުވެފައިވާ ކަމަށެވެ.

4 Comments
ގުޅުންހުރި
އިޒްރޭލުން ގޭސް ގަންނަން މިސްރުން އެއްބަސްވެއްޖެ، އަގު 35 ބިލިއަން ޑޮލަރު!
ޖަރުމަނުން އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަން ނިންމައިފި
އޮޅުހިޔާއަށް 5 މަސް ތެރޭ 5 ލައްކައަަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި
މައްސަލަ ހައްލުކޮށް، މުޅި މާލެ ސަރަހައްދަށް އަލުން ކަރަންޓު ދީފި
މުޅި މާލެ ސަރަހައްދުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ
އެސްޓީއޯގެ ބެކް ޓު ސްކޫލް ޕްރޮމޯޝަން ފަށައިފި