ޕީއެންސީ ޕީޖީ ގްރޫޕާ ދެކޮޅަށް ފިތުނަ ފަތުރަން ކުރީގެ ރައީސް އަބްދުﷲޔާމީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއަށް ތިން މިލިއަން ރުފިޔާ ދީފައި ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
އައްބާސް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގޮނޑި ގެއްލުނަސް ހެޔޮ ކަމަށް ނިންމަވައި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން ގައުމާއި ރައްޔިތުންގެ ހައްގުގައި ޕާޓީން ވަކިވާނެކަން ޔަގީން ކަމަށެވެ. އެ ގޮތުން، ބުދަ ދުވަހު ބޭއްވި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ) ބައްދަލުވުމުގައި ގިނަ މެންބަރުންތަކެއް ސަރުކާރާ މެދު ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
”ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި މެންބަރުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލަމުން ބައެއް މެންބަރުން ވިދާޅުވެފައިވަނީ ސަރުކާރުން ގެންގުޅުއްވަމުން ގެންދަވާ ނުރަނގަޅު ސިޔާސަތުތަކަށް ބަސް ނުބުނެ އަބަދު މަންމަންވެފައި ނުތިބެވޭނެ ކަމަށާއި ގައުމާއި ރައްޔިތުންގެ ހައްގުގައި ހައްގު ބަސް ބުނަން ނުކުންނާނެ ކަމަށް،“ އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، މަޝްވަރާނުކުރައްވާ ކުއްލިކުއްލިއަށް ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ހުށަހަޅާ ބިލުތަކަށް ވޯޓުނުދެއްވާނެ ކަމަށް ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވި ކަމަށެވެ. އެ ބައްދަލުވުމުގެ ރިކޯޑިން އެބައޮތް ކަމަށް އައްބާސް ވިދާޅުވި އެވެ.
ނަމަވެސް އެ ވާހަކަތައް ދޮގު ކުރައްވައި ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެކަމަށް ހީކޮށް އެފަދަ ބުހްތާން ދޮގު ވާހަކަ ފެތުރުމަކީ ވަރަ ށްބޮޑުކުށްހީއެއް ކަމަށެވެ.
”މެމްބަރު އައްބާހަށް ވަނީ މިފަދަ ފިތުނަ ފަތުރައިދޭމަތިން ޔާމީނު ދާދިފަހުން އެގެއަށްގެނަގޮސް 3 މިލިއަން ރުފިޔާދީފައިވާ ކަމަށްމިދެކެވޭ ވާހަކަތަކަށް މި މެސެޖުން ބާރުއެބަލިބޭ“ ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ޕީއެންސީ ޕީޖީގްރޫޕް އޮތީ އެކަތިގަނޑެށްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކޮށް ކަމަށާއި ކިތައްމެ ނުބައި ޕްލޭންތަކެށް ރާވާ އައްބާސް މެންފަދަ މޮޔައިންލަށްވާ އެފަދަ މެސެޖު ކުރުވިއަސް އެއްވެސް ކާމިޔާބީއެއް އިދިކޮޅު ފަރާތްތަކަށް ނުލިބޭނެ ކަމަށެވެ.
”ގާނޫނު އަސާސީގެ 73 މާއްދާގެ ހ. ގައިބުނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ބުއްދި ސަލާމަތުން ހުންނަންޖެހޭ ކަމަށްބުނާ އެއްމެމުހިއްމު ޝަރުތު، ވެލިދޫދާއިރާގެ މެމްބަރުގެ ކިބައިގައި ހުރިކަމާމެދު މިހާރު ޝައްކުވާހިސާބައްގޮސްފި“ ފަލާހު ވިދާޅުވި އެވެ




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން
ޔާމީން، މުއިއްޒަށް: އިގުތިސާދު އޮތީ ކޮޅަކަށް ނޫން، އިގުތިސާދާއި ކޮރަޕްޝަން ވެސް
މާލޭގެ ކައުންސިލަރުން ޝަރުތު ހަމަވަނީ ދިމްޔާތުގެ ބަދިގެ ބަލަހައްޓަން: ޔާމީން
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ