އޯގަސްޓް 11, 2025

އޮޅުހިޔާއަށް 5 މަސް ތެރޭ 5 ލައްކައަަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ފަރުކޮޅުފުށީގައި ހަދާފައިވާ ”އޮޅުހިޔާ“ އަށް މިހާތަނަށް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެނިމަލް ވެލަފެއާ މިނިސްޓްރީން ބުނެފި އެވެ.

ހުޅުމާލެ ފޭސް 2 ގައި ހަދާފައިވާ އޮޅު ހިޔާ ފެސިލިޓީއަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާލެ ސިޓީ ކައުންސިލަށް ދޫކުރި 5،000 އަކަ ފޫޓުގެ ބިމެއްގައި ސިޓީ ކައުންސިލުން ހެދި ތަނެކެވެ. އެތަނުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހު ނިންމާފައި ވަނިކޮށް، ކައުންސިލް އަތުން އެތަން އަތުލައި, އެގްރިކަލްޗާ މިނިސްޓްރީއާ ހަވާލުކުރަން ކެބިނެޓުން ނިންމި އެވެ.

އެގްރިކަލްޗާ މިނިސްޓްރީން އޭރު ބުނީ، ސިޓީ ކައުންސިލް އަތުން އެތަން އަތުލީ ބައެއް ކަންކަން ފުރިހަމަ ނުވާތީ އާއި ހިދުމަތް ދިނުން ލަސްވާތީ ކަމަށެވެ. އެގޮތުން ގާނޫނީ ކަންކަން ފުރިހަމަ ކުރުމަށްފަހު އެތަނާ އެގްރިކަލްޗާ މިނިސްޓްރީން ހަވާލުވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.

އެ ފެސިލިޓީއާ ގުޅޭ މައުލޫމާތު ހޯދުމަށް ނޫހަކުން މިނިސްޓްރީއަށް ހުށަހެޅި އާރުޓީއައިގައި ބުނެފައިވާ ގޮތުގައި އެ މިނިސްޓްރީން އޮޅު ހިޔާއާ ހަވާލުވުމަށްފަހު މިހާތަނަށް 570،695.26 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އެއީ އެތަނުގެ މަރާމާތަށާއި މެއިންޓެނަންސްގެ މަސައްކަތްތަކަށް 286،625.78 ރުފިޔާ އަދި ބޭނުންވާ ތަކެތި ހޯދުމަށް 110،930.45 ރުފިޔާ ކަމަށް ބުނެފައިވެ އެވެ.

އޮޅު ހިޔާ ފެސިޓިލީގައި މިހާރު ޖުމުލަ 68 ބުޅާ ގެންގުޅެމުން އަންނައިރު، ”އޮޅުހިޔާ“ އަށް އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މީގެ ކުރީން ވަނީ ވިދާޅުވެފަ އެވެ.

”އަދި ފެސިލިޓީގައި 2000 ބުޅަލަށް މަހަކު ހަތް ލައްކަ ރުފިޔާ ހަރަދުވާނެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް އަހަރަކު 5416 ރުފިޔާ ހަރަދުވާނެ،“ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވަމުން މިދިޔަ މެއި މަހުގެ ތެރޭގައި މާރިޔާ ވިދާޅުވެފައިވެ އެވެ.

25 Comments

  • Ahmed Naseer އޯގަސްޓް 9, 2025

    Bayakah magaamu thakeh dhee rf thakeh kaan hadhafa oyy thanakun ekan dw kuraanee

  • Mariie Mohamed އޯގަސްޓް 9, 2025

    Ethaan ga esorumen kanee garudhiya yaa bathaa baaey mi hithah aranee?? Ethanun karantu dhey baaey mi hithah aranee? Esorumen doctorah dhahkan q ga kihaa dhuvahaku thiben jehey baaey mi hithah aranee?? Hithah aranee mi gaumuga bulhaaves maa molhey ulhey leh aharumenah vuren

  • Muhammad Ibrahim އޯގަސްޓް 9, 2025

    Staffun nah ves thibenee bulhaa tha kanney ge

  • Imran Mohamed އޯގަސްޓް 9, 2025

    Thiyahvure rangalhuvaane kuhkuraa meehun nagaa thanakah alhaigen thi haradhu kuriyas… Eyrunves mihaaru dhiriulhey bayakah amaankan maa boduvaanehen masha heevany

  • Nwar Abduhrrahman އޯގަސްޓް 9, 2025

    މާ މޮޅު ބަޔަކަށް ވެގެން ކުރާނެ ނުކުރާނެކަމެއް ނޭނގިގެން އުޅެނީ.! ފަޅު ރަށަކަށް ރާއްޖޭގައުޅޭ ހުރިހާ ބުޅާ ލެވޭނެ.! 5 ވަރަކަށް މީހުންނަށް ވަޒީފާދީފަ ބުޅާތަކަށް ކޮއްތު ހަމަޖައްސާލެވޭނެ.! ބަލިވެގެން މަރުވާ އެއްޗެއް މަރުވާނެ, ވިހާއެއްޗެް ވިހާނެ.!
    ބުޅަލަންވެސް ތިޔަނަގަނީ ނާޖާއިޒް މަންފާވިއްޔަ ގައިމު..

  • Ammadu Demha އޯގަސްޓް 9, 2025

    Bulhaa kanthakehnu mi kuri vee

  • Ali Shujau އޯގަސްޓް 9, 2025

    Falhu rashakah bulhaathah gendhebala haradhu kuraakah nujeheyne esorumen amilla ah kaanaa hoadhaagen ulheyne

  • Noorul Haya އޯގަސްޓް 9, 2025

    Thi faisaa beys faruvaa ah beynun jehifavaa insaanakah haradhu kohbala.kon bulhaa facility ehtha. Magumathin hini nagaigen gengos balanveenu😡

  • Shabana Sha Baā އޯގަސްޓް 9, 2025

    😡😡

  • Faathumath Shinaa އޯގަސްޓް 9, 2025

    Molhu sarukaaru ,

  • Canadian Jud އޯގަސްޓް 9, 2025

    Dheenah takaa viyyaa ok vaane

  • Waldo Mohamed އޯގަސްޓް 9, 2025

    bodu museebaatheh PNC akee
    nahthaalanvee

  • Marie Moosa އޯގަސްޓް 9, 2025

    Vaakameh haraan Mulhi Male sarahahdhyga bulhaluge najihaa bulhaathah ginavefa.

  • Ali Ashraf އޯގަސްޓް 9, 2025

    Baraabaru mihaaru Male maguthakuga bulhaa najihey ney

  • Nasiha Moosa އޯގަސްޓް 9, 2025

    ރައްޔަތުންގެ ޓެކުސްފައިސާއިން ރައްޔަތުންނަށް ނުލިބޭ މަންފާއެއް ލިބިދޭންޖެހޭ ޖަނަވާރެއް ތިބެގެން ނުވާނެ

  • Ju Ma IL އޯގަސްޓް 9, 2025

    Bodu scam eh 🤷‍♂️

  • Shafinaz Sha އޯގަސްޓް 9, 2025

    ބުޅަލު ގުއިން ގަސްކާނާ ހަދާފަ ތިލާރި ލިބޭނެ ގޮތަކަށް ކަން ކުރީމަ ރަގަޅުވާނެ

  • Xai Navee އޯގަސްޓް 9, 2025

    Dhivehi rayyithakah theegen v kon faidhaa eh baa

  • Ahmed Vision އޯގަސްޓް 9, 2025

    Eh ? 🙄

  • Raz Abdul އޯގަސްޓް 9, 2025

    😡

  • Shahu Binth Shamym އޯގަސްޓް 9, 2025

    Ehurihaa haradheh kuraa iru ves magumathin bulhaa madheh nuvey

  • Glory Reese އޯގަސްޓް 10, 2025

    Beykaaru kharadhu

  • Afiya Ahmed އޯގަސްޓް 10, 2025

    ބޭކާރު ޚަރަދެއް. ޖަނަވާރަކީ އޭގެ ޒާތުގައި އަމިއްލައަށް ކާއެއްޗެހި ހޯދައިގެން ކައިބޮއެހަދާނެ އެއްޗެއް. ކޮންމެހެން ރަން ތަޚްތުގައި ގެންގުޅެން ނުޖެހޭނެ. ބުޅާތަކުގެ ސަބަބުން މި ގައުމުގައި އެތައް ބައްޔެއް އެބަފެތުރޭ. ބުޅަލުގެ ޖަރާސީމުގެ ސަބަބުން ވަރަށް ގާތްމީހެއްގެ ދަރިފުޅުގެ ލޮލުގެ ފެނުމަށް ވަނީ ބަދަލުއައިސްފައި😳

    • Zaa Zaahidhaa އޯގަސްޓް 10, 2025

      Afiya Ahmed 5 lk haradhukuree bulhalah baa?

      • Afiya Ahmed އޯގަސްޓް 10, 2025

        Zaa Zaahidhaa

Leave a Reply