ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތަށް ނުވަތަ ލޯކަލް ޓޫރިޒަމް ކުރި އަރަމުން އަންނަ ރަށްތަކުގެ މަގުތައް ތަރައްގީކުރަން އެންމެ ރަނގަޅު ވާނީ ތާރު ނާޅައި ކަމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. ކަމަދޫއަށް ވަޑައިގެން އެ ރަށު މީހުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ގާ އަތުރައިގެން ނުވަތަ ތާރު އަޅަައިގެން މަގުތައް ތަރައްގީ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
”ހާއްސަކޮށް މިގޮތަށް ވަރަށް ބައިވަރު ޓޫރިޒަމް ގެސްޓްހައުސްތައް ޑިވެލޮޕްވަމުން އަންނަ ޓޫރިޒަމް ބޮޑަށް ފުޅާވެގެން އަންނަ ރަށްރަށުގައި ވީހާވެސް ބޮޑަކަށް ރަށުގެ ގުދުރަތީ ރީތިކަން ބެލެހެއްޓޭ ގޮތަކަށް ނޫނިއްޔާ ނެތިގެން ނުދާ ގޮތަށް މަގުހެދުމަކީ މުހިންމު ކަމެއް. ރައްޔިތުން ބޭނުންވާ ގޮތަކަށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ. ރައްޔިތުން ބޭނުންވެލައްވަނީ މަގުތައް ރީތިކޮށް ބޭއްވި ފެން ބަރާބަރަށް ހިނދޭ ޑްރެއިނޭޖް ނިޒާމެއްގެ ތެރެއިން މަގުތައް ދެމެހެއްޓުން ކަމަށް ވަންޏާ އެ ކޮންސެޕްޓްގައި އެކަން ކުރިއަށްދާނީ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަގުތައް ތަރައްގީ ކުރަންވާނީ ރަށުގެ އިގްތިސޯދަށް މަންފާ ކުރާގޮތަށް ކަމަށެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް