މިދިޔަ އަހަރު ނ. ހޮޅުދޫގައި ”މަރުވެފައި“ އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ޖިނާއީ ދައުވާކުރަން ބޭނުންވާ ފުލުހުންގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ހިމެނޭކަން އެނގިއްޖެ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިންނެވެ. އެ މަރާ ގުޅިގެން އެއްވެސް އޮޓޮޕްސީއެއް ހެދުމެއް ނެތި ފުލުހުން ބުނާ ގޮތުން ޒަކިއްޔާ މަރުވީ އަމިއްލައަށެވެ. ނަމަވެސް އެ ރަށު ގިނަ މީހުންނާއި ޒަކިއްޔާގެ އާއިލާ އިން ބުނާ ގޮތުގައި ޒަކިއްޔާ ވަނީ މަރާލައިފަ އެވެ.
އެ ފަހުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ ޒަކިއްޔާގެ މަރުގެ ތަހުގީގަށް ވަގުތު ނަގަނީ، އެ މަރަކީ އާދައިގެ މަރެއް ކަމަށް ގަބޫލުނުކުރެވޭތީ، އެކަންކަން ބެލުމަށް ކަމަށް ވިދާޅުވެފަ އެވެ. އަދި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ޒަކިއްޔާގެ އޮޓޮޕްސީ ނުހެދުމަކީ ހެދުނު ގޯހެއް ކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތުމުން ހަތް ފުލުހުންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ. މި ހަތް މީހުންގެ ތެރޭގައި އެ ހާދިސާ ހިނގިއިރު ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި މިހާރުގެ ކޮމިޝަނަރު ނަވީނާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ރިޔާޒު އަދި މޭޖާ ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް ހަސަން ޝިފާއު ހިމެނޭ ކަމަށް ”ހަފްތާ“ އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އެ މައްސަލައިގައި ފުލުހުންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމާއި ދައުލަތުގެ މުއައްސަސާތަކަށް ހުރަސްއެޅުން އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހިމެނެ އެވެ.




ގުޅުންހުރި
ސީޕީ ނަވީނާއި އިސް އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ހުށަހަޅަނީ
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި