ސޯޝަލް ހައުސިން ޕޮއިންޓް ދިނުމުގެ އުސޫލު ހެދުމުގެ ބާރު ރަށްރަށު ކައުންސިލްތަކަށް އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. ތުޅާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ ކައުންސިލްތަކަށް އެ ބާރު ލިބިދިން ނަމަވެސް އެފަދަ އުސޫލުތައް ހަދަން ވާނީ ގާނޫނާހިލާފުނުވާ ގޮތަކަށް ކަމަށެވެ. އެއަށްފަހު ރައީސް ވިދާޅުވީ ތުޅާދޫގައި އިތުރު 100 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
”ދެން މި މަޝްރޫއުގެ ދަށުން ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައަޅާނީ ރަށުގެ ރައްޔިތުން. މާނައަކީ ރަށުގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކީގައި މި ރަށުގެ ހާލަތަށް ރިއާޔަތްކޮށް ކައުންސިލުން ހުށަހަޅާ މިންގަނޑަކަށް،“ ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރަށެއްގައި ވެސް އެ ގޮތަށް ކުރިއަށް ގެންދިއުން ކަމަށާއި ކައުންސިލުން ދެން ޖެހެނީ އެ މިންގަނޑެއް ހައުސިން މިނިސްޓްރީއަށް ފޮނުވަން ކަމަށެވެ.
ގާނޫނަކާ ހިލާފުނުވާނަމަ ހައުސިން މިނިސްޓްރީން އެ މިންގަނޑަކަށް ހުއްދަ ދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
”އަޅުގަނޑުމެންގެ ސިޔާސަތަކީ ހުރިހާ ރަށެއްގައި ވެސް އެ ލޯކަލިޓީއަށް، އެ ރަށެއްގެ ހާލަތު އޮތް ގޮތް އެ ރަށެއްގެ ގެދޮރު ދިނުމުގައި އޮންނަން ވާނީ ރިފްލެކްޓް ކުރެވިފައި. މިންގަނޑު ހެދިފައި އޮންނަން ވާނީ އެ ގޮތަށް ކަމަށް،“ ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް