ބަންޑާރަ ނައިބު އޮފީހުގެ ބައެއް ބާރުތައް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސިވިލް ސާވިސް އިން ވަކިކޮށް ބަންޑާރަ ނައިބުގެ އޮފީހުގެ އުސޫލުތަކަށް ބައެއް އެހެން ބަދަލުތަކެއް އަންނާނެހެން އެކުލަވާލި ގާނޫނު ތަސްދީގު ކުރީ މިއަހަރުގެ އެޕްރީލް 29، ގަ އެވެ.
އެ ގާނޫނު ފާސްކޮށް ތަސްދީގުކުރީ ވަރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
އެ ބިލުގައިވާ ގޮތުން މީގެ ކުރިން ބަންޑާރަނައިބު އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު ކަނޑައެޅުމަށް ބަންޑާރަނައިބަށް ލިބިދީފައި އޮތް ބާރު ހަނިކޮށް، އެ އޮފީހުގެ އޮނިގަނޑު ރައީސް އޮފީހަށް ހުށަހަޅައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.
އަދި ދައުލަތުގެ ދެ އިދާރާއެއްގެ ދެމެދު އުފެދޭ މައްސަލަތަކާމެދު ގާނޫނީ ގޮތުން ގޮތް ކަނޑައަޅައި ހައްލު ހޯދައިދިނުމަށް އޭޖީއަށް ބާރު ލިބިދޭ މާއްދާ ގާނޫނުން އުނިކުރުމަށް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.
މީގެ އިތުރުން ބަންޑާރަނައިބު އޮފީހުގެ މުވައްޒަފުންގެ ގިންތިތަކަށް ބަދަލު ގެނެސް ކުުރިން އެޑްމިނިސްޓްރޭޓިވް ސާވިސްގެ ގޮތުގައި ގިންތިކޮށްފައި ތިބި މުވައްޒަފުން މި ބިލު ލީގަލް ސަޕޯޓް ސާވިސްގެ ގިންތިއަށް ބަދަލުކުރަން ހިމަނައިފައިވެ އެވެ.
އޭޖީ އޮފީހުގެ ގާނޫނު ތަސްދީގު ކުރި ނަމަވެސް އެ ގާނޫނަށް އަމަލު ކުރަން އަދި ނުފަށަ އެވެ.
އެ ގާނޫނަށް އަމަލު ކުރަން ފަށާ މުއްދަތަކަށް އޮތީ، ގާނޫނު ތަސްދީގުކުރާ ދުވަހުން ފެށިގެން 90 ދުވަހެވެ. އެހެންކަމުން އެ ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދު ފާސްކުރި ބިލުގައި ހުރި ބަދަލުތަކާ އެކުގަ އެވެ.

ގުޅުންހުރި
މަޖިލިސް މެންބަރެއް މެދުވެރިނުކޮށް ޕެޓިޝަން ހުށަހެޅޭނެ ގޮތް ހަދަނީ
ރައީސްއާ ބައްދަލުކުރެއްވީ ފޭކު ޕްރިންސެއް ނޫން: ހަލީލް
ޝުޖާއުއަށް ޖޮއިންޓް ކޮމިޓީގެ މުގައްރިރުކަން ދީފި
މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންވާ މުސާރައެއް ނުލިބޭ: މެންބަރުން
ޕީއެންސީ ޕީޖީ ގްރޫޕާ ދެކޮޅަށް ފިތުނަ ފަތުރަން ޔާމީން ވަނީ އައްބާސަށް
އިރާން-އިޒްރޭލް ހަނގުރާމައަށްވުރެ ބޮޑު ގެއްލުމެއް ލިބޭނީ އެމްޑީޕީގެ ސަބަބުން: ފަލާހު