އޯގަސްޓް 14, 2025

އަޅުގަނޑު އިންޑިއާ އައުޓް ޓީޝާޓް ލީ ފޮޓޯއެއް ނުހުންނާނެ: ހަލީލް

ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދިޔަ އިންޑިއާ ސިފައިން ރާއްޖެ ތިބުމާ ދެކޮޅަށް ބޭނުންކުރި “އިންޑިއާ އައުޓް” ޓީ ޝާޓް ލައިގެނަ އޭނާ ހުންނެވި ފޮޓޯ އެއް ނުހުންނާނެ ކަމަށް ފޮރިން މިނިސްޓަރު  ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.

ހަލީލް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

”ސޯޝަލް މީޑިއާއިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައިނުގަންނަވާނެ ’ އިންޑިއާ އައުޓް‘ ޓީޝާޓް ލައިގެން އަޅުގަނޑު ހުއްޓާ. އެކަމަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅުންހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފައި އޮވެދާނެ،“ ހަލީލް ވިދާޅުވި އެވެ.

ހަލީލް އެގޮތަށް ވިދާޅުވި ނަމަވެސް އޭނާ އިންޑިއާ އައުޓް ޓީޝާޓް ލައިގެން ހުންނަ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގަައި ވަނީ ދައުރުވެފަ އެވެ.

އަދި އިންޑިއާ އައުޓް ސްލޯގަން ބޭނުން ކުރައްވައިގެން ހަލީލު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ވެސް ކޮށްފަ އެވެ.

2 Comments

  • Ram Eez އޯގަސްޓް 13, 2025

    އިންޑިޔާ އައުޓު ކެމްޕޭންގައި ހަލީލު ހުރީ އެންމެ ކުރީ ސަފުގައި ހުދު ފޮށައަކުން އިހުރާމް ބަނދެގެން އުތަ

  • Canadian Jud އޯގަސްޓް 13, 2025

    Kaley huree AMAA LIBAAS laigen Kandiki Andhegen

Leave a Reply