މި އަހަރަށް ފާސްކުރި ބަޖެޓުގައި ސަބްސިޑީއަށް ކަނޑައަޅާފައިވާ އަދަދުގެ 99 ޕަސެންޓް ހުސްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
މި އަހަރަށް ފާސްކޮށްފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން ސަބްސިޑީއަށް ކަނޑައަޅާފައިވަނީ 1.85 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހަރަދުތަކާއި ލިބިފައިވާ އާމްދަނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ސަބްސިޑީ ދިނުމަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން 1.83 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
އެހެންކަމުން އަހަރުގައި ބާކީ އޮތް ފަސް މަސް ދުވަހަށް ސަބްސިޑީ ދިނުމަށް ބާކީ އޮތީ އެންމެ 23 މިލިއަން ރުފިޔާ އެވެ.
އާސަންދައަށް މި އަހަރު ކަނޑައަޅާފައިވާ 1.8 ބިލިއަން ރުފިޔާގެ ތެރެއިން އަހަރުގެ މިހާތަނަށް ހޭދަކޮށްފައިވަނީ 1.1 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓުން ބާކީ އޮތީ 683 މިލިއަން ރުފިޔާ އެވެ.

2 Comments
ގުޅުންހުރި
ފާއިތުވި ހަފުތާގެ ނިޔަލަށް ބަޖެޓުން 20 ބިލިއަން ރުފިޔާ ހަރަދުކޮށްފި
ބަޖެޓު ހުސްވުމުން ވެސް ކޮންޓްރެކްޓުތަކުގައި ސޮއިކޮށް، އެޑްވާންސަށް ފައިސާ ދޫކުރި: އޮޑިޓު
ސައުދީ ފަންޑުން 385 މިލިއަން ނަގައިގެން 400 ފްލެޓް ހަދަނީ
ވީއައިއޭ މަޝްރޫއުއަށް ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް
އެންސްޕާ އިން ކުރި ހަރަދު އިތުރުވެއްޖެ، އެކަމަކު ތެރަޕީ ފައިސާކޮޅު ނުލިބި
ސަރުކާރުން ހަރަދު ކުޑަކޮށް، 1.3 ބިލިއަން ރުފިޔާ ސަލާމަތްކޮށްފި!