ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ، އަތޮޅުވެހީގެ ހަތް ނަންބަރު ގޮޅީގައި ބަންދުގައި ހުރި ގ. ޒާމިއާ/ އަހުމަދު އަފްރާހް (48އ)ގެ ހާލަތު މިއަދު ފަތިހު 5:50 އެހާކަންހާއިރު ބެލިއިރު ހަރަކާތް ހުއްޓިފައިވާކަން ފާހަގަކުރެވުމާއި ގުޅިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އަފްރާހު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަފްރާހު ފުލުހުންގެ ހައްޔަރަށް ގެންދިޔައީ 15 އޮގަސްޓް 2025ގައެވެ. އޭނާ ބަންދަށް ގެންދިޔަ ސަބަބެއް އަދި ނޭނގެ އެވެ.
ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަސް ހުށަހަޅާފައިވާ ކަމަށްވެސް ބުންޏެވެ.




ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި