އެސްޓީއޯ ކޮންސްޓްރަކްޝަނުން ގަންނަ ކޮންމެ މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓަކަށް 25 ޕަސެންޓް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއީ މަކިޓާ އާއި އެސްޓީއޯގެ ޕާޓްނާޝިޕަށް ކާމިޔާބު 25 އަހަރު ފުރުމުގެ މުނާސާބަތް ކުލަގަދަކޮށް ފާހަގަކުރުމަށް އެސްޓީއޯ އިން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 17 އޮގަސްޓުން 30 ސެޕްޓެމްބަރުގެ ނިޔަލަށް މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންސް ޝޯރޫމަގައެވެ.
މީގެ 110 އަހަރު ކުރިން، 1915 ވަނަ އަހަރު ޖަޕާނުގައި ތައާރަފު ކުރި މަކިޓާ ބްރޭންޑުގެ ޕަވާ ޓޫލްތަކަކީ ދުނިޔޭގެ ބާޒާރުގައިވެސް އޭގެ ދެވަނައެއް ނުވާ މަޝްހޫރު ކޮލެޓީ ބްރޭންޑެކެވެ. މަކިޓާގެ ވިޔަފާރި މުޅި ދުނިޔޭގައި ފުޅާވެ ކުރިއަރަމުން ދިއުމާއެކު މީގެ 25 އަހަރު ކުރިން އެސްޓީއޯ އިން ވަނީ މަކިޓާ ރާއްޖެއަށް ތައާރަފުކޮށްފަ އެވެ.
މި ޕާޓްނާޝިޕްގެ ދަށުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މެދުނުކެނޑި އެސްޓީއޯ އިން ވަނީ މަކިޓާ ބްރޭންޑްގެ އަގުހުރި، ކޮލިޓީ ގިނަ ޓޫލްތަކެއް ރާއްޖެއަށް ތައާރަފުކޮށް ވިއްކަން ފަށައިފަ އެވެ.




1 Comment
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި