ފުލުހުން ދުވަހުން ދުވަހަށް ކުރާ އާންމު ޕެޓްރޯލިން އާއި ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް ކުށް ހިނގާ ކަމަށް ފާހަގަ ކުރެވޭ ތަންތަނުން ފެންނަ ކަމަށާއި މިކަމަށް ބެލެނިވެރިން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ނެރެފައިވާ ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި 18 އަހަރު ނުފުރޭ ފިރިހެން ކުދިން ކުށް ހިނގާކަމަށް ފާހަގަ ކުރެވޭ ތަންތަނުގައި ގުރޫޕް ހަދައިގެން ތިބޭ މިންވަރު ދަނީ އިތުރުވަމުންނެވެ.
ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ކުޑަކުދިން ގުރޫމިންގެ ޝިކާރައަކަށްވެ، ރައްކާތެރިނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވެ، ގާނޫނާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި، މައިންބަފައިންނާ ނުރުހުންވެ ފިލައިގެން ގެއިން ނުކުމެ، މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅި، އަދި އެހެނިހެން ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން މައިންބަފައިންނާ އި ބެލެނިވެރިން މިކަމަށް ހާއްސަ ސަމާލުކަމެއް ދީ ކުދިން އުޅޭ ނޫޅޭ ގޮތް ބެލުމަށް ފުލުހުން ވަނީ އެދިފައެވެ. ހަމަމިއާއެކު ފުލުހުން މި ސަރަހައްދުތަކަށް އަމާޒުކޮށް ސްޕޮޓް ޗެކް ކުރުމާއި، ދުވަހުން ދުވަހަށް ކުރާ ޕެޓްރޯލިންގެ ތެރެއިން ގާތުން މޮނިޓަރކޮށް ބަލަހައްޓަމުން ގެންދާނެކަމަށާއި ކުޑަ ކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި މައިންބަފައިންނާއި، ތައުލީމީ ވުޒާރާއާއި، އަދި ދައުލަތާއި މުޖުތަމައުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިފަދަ ކަމަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163، ނުވަތަ ވިކްޓިމް ސަޕޯޓް ޔުނިޓް ގެ ނަންބަރު 9770640 އަށް ގުޅުއްވުމަށާއި ކުއްލި ހާލަތެއްގައި 911 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ގުޅުންހުރި
ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަ ފޯނަކުން މައުލޫމާތު ލީކެއް ނުވާނެ ކަމަށް
ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އެކަން އެނގޭ ބަޔަކު ނެތް،
ޑުރަގު ވިއްކާ ކަމަށް ތުހުމަތުވާ ޒުވާނެއް ހައްޔަރަށް: އެޕާޓްމަންޓުން ތިން ލައްކަ
މީހަކު ރަހީނުކޮށް، ބަރަހަނާކޮށް، ބިރުދެއްކި މީހުން ހައްޔަރު ކުރެވުނީ މަހެއް ފަހުން!
ކުޑަކުދިންތަކެއްގެ ފަރާތުން ނާޖާއިޒު ފައިދާ ހޯދި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
މުޒާހަރާ ހުއްޓުވަން އުޅުނު ވަކިވަކި ފުލުހުންގެ ޒާތީ މައުލޫމާތު އާންމުކުރާތީ ފުލުހުންގެ