ހެލްތު މިނިސްޓަރު ޑރ. އަބްދުالله ނާޒިމްގެ އަނބިކަނބަލުން ޑރ. ދީބާ މޫސާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ސީއެސްސީގައި މިހާރު ތިއްބެވި ތިން މެންބަރެއްގެ ދައުރު ސެޕްޓެމްބަރުގެ ތެރޭގައި ހަމަވާނެ އެވެ. އެހެންވެ އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން ހަ ނަމެއް މުއިއްޒު ވަނީ މަޖިލީހަށް މިއަދު ފޮނުވާފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް:
- މުހައްމަދު ނާސިހު، މ. ފަލްކަންގެ، މާލެ
- ޑރ. ހުސައިން ފާއިޒު، ދަފްތަރު ނަންބަރު 1325
- ޑރ. ދީބާ މޫސާ، މ. ވައިޓްބެލް، މާލެ
- ބަދުރިއްޔާ މުސާ، ދަފްތަރު ނަންބަރު ރސ. 2414
- ޑރ. ފާތިމަތު މުނާ، ވާދީއާގެ، ގއ. ވިލިނގިލި
- އައިމިނަތު އުއްމުކުލްސޫމް، މޫންލައިޓްހައުސް، ސ. މަރަދޫ
އޭގެ ތެރެއިން ތިންވަނަ އޮތް ދީބާ މޫސާގެ ނަމަކީ ނާޒިމްގެ އަނބިކަނބަލުންނެވެ.
އޭނާއަކީ ތައުލީމި ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން ގިޔާސުއްދީން ސްކޫލާއި ވިލާ ކޮލެޖުގައި ވެސް މަސައްކަތް ކުރެއްވި އެވެ.
މިހާރު ހުންނެވީ އިސްލާމިކް ޔުނިވާސިޓީގެ އެކަޑެމިކް ޑީންގެ މަގާމުގަ އެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި