އެޓެންޝަން ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް މުހިއްމު ބޭހެއް ކަމަށްވާ ”މިތައިލް ފެނިޑޭޓް“ އަކީ ރާއްޖެ އެތެރެކުރުން މަނާ މަސްތުވާ ބާވަތެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާތީ ރާއްޖެ އެތެރެ ނުކުރެވޭތީ ކަންބޮޑުވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގާނޫނީގޮތުން ލިބިދޭންޖެހޭ އިނާޔަތްތައް ލިބުމުގައި އިހުމާލްވެފައިވާކަމަށްބނުނެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާބެހޭގޮތުން ހެލްތު މިނިސްޓްރީގެ އިސްބޭފުޅުން ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަނީ ހާޒިރުކޮށްފައެވެ.
މި ބައްދަލުވުމުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ބޭސް ލިބުމަށް ދަތިވާ މައްސަލައިގައި ކޮމިޓީ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމްއެފްޑީއޭގެ ޑިރެކްޓާ ފާމަސޫޓިކަލް އައިޝަތު ޖަލީލާ ވިދާޅުވީ، ލިބުންދަތި ބޭސްތަކުގެ ތެރެއިން އޭޑީއެޗްޑީ ކުދިން ބޭނުންކުރާ މިތައިލްފެނިޑޭޓް ނުލިބުމުގެ ޝަކުވާ ޑޮކްޓަރުންނާއި ބަލި މީހުން ކުރަމުންދާކަމަށެެވެ.
”“މިތައިލް ފެނިޑޭޓް“އެއީ ސައިންޓިފަކީ ޓްރީޓް މެންޓްގެ ގޮތުގައި ބޭނުންކުރަން އެޕްރޫވް ރަނގަޅު ބޭހެއް، އެ ބޭސް އެތެރެކުރަން އޮތް ދައްޗަކީ، މަސްތުވާތަކެތީގެ ގާނޫނުގައި ޖަދުވަލު އެކަކާއި ދޭކުގައިވެސް ހިމެނޭ ދެ ޖަދުވަލްވެސް އެބޭސް އިނުމުގެ ސަބުން ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަތައް ލިނުމުގއި ދަތިތަކެއް ހުރުމުން،“
ޖަލީލާ ވިދާޅުވީ އެ ބޭސް އެތެރެ ނުކުރެވޭ މައްސަލަ ދިމާވުމުން، މަސްތުވާތަކެތީގެ ގާނޫނު އިސްލާހްކުރަން އެމްއެފްޑީއޭ އިން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.
އެގޮތުން ގާނޫނުގެ ޖަދުވަލު އެކަކުން އެ ބޭހުގެ ނަން އުނިކޮށް، ހަމަ އެކަނި ޖަދުވަލު ދޭކަށް ބަދަލުކޮށްދޭން މިދިޔަ ޖުލައި މަހުގެ 13، ގައި މަޖިލީހުގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައި ހިމެނެނީ މަސްތުވާތަކެތީގެ ގޮތުގައި ރާއްޖެއަށް އެތެރެކުރުން މަނާތަކެއްޗެވެ. ދޭއްގައި ހިމެނެނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ ތަކެތީގެ ލިސްޓެވެ.




1 Comment
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި