އޯގަސްޓް 19, 2025

އަޒާން އަލުން 241 ކޮމިޓީ އާއި މާލިއްޔަތު ކޮމެޓީއަށް އައްޔަން ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން މަރުޒޫގު އަލުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީއަށް ބަދަލުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެކަން އިއުލާނުކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރުގަދަ މުހިއްމު ކޮމިޓީތަކަކުން، އަޒާން ވަކިކުރީ މިއަހަރުގެ މާޗު މަހުގެ ތިންވަނަ ދުވަހުއެވެ.

މަޖިލިސް ކޮމިޓީތަކުން އަޒާން ވަކިކޮށްފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، ދެ ފަނޑިޔާރުން އުނިކުރަން ޖެހޭގޮތަށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރަން ވޯޓު ދިނުމުގެ ބަދަލުގައި، އެބިލަށް ރޯލްކޯލް ވޯޓަަށް އަހަމުންދަނިކޮށް މަޖިލިސް ތަޅުން ދޫކުރައްވައި ނުކުންނެވުމާ ގުޅިގެން ޖެހުނު މައްސަލަތަކަށްފަހުގައެވެ