އއ. ރަސްދޫ ފަޅުތެރޭގައި އޮންނަ މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، އެ ރަށު ރައްޔިތުންނަށް އެތަނުން ފައިދާ ލިބޭ ގޮތަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރަސްދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެވަޑައިގެންފައިވާ ވައުދެއް ފުއްދެވުމުގެ ގޮތުންނެވެ.
ރައީސް ވިދާޅުވީ، ރަސްދޫގެ ޓޫރިޒަމް އަދި ރައްޔިތުންގެ ބޭނުމަށް މުހިންމު މަޑިވަރު ފިނޮޅު ތަރައްގީކޮށްދެއްވާނެ ކަމަށެވެ.
”ރަށުގެ ޓޫރިޒަމް އަދި ރައްޔިތުންގެ ބޭނުމަށް އޮތް މަޑިވަރު ފިނޮޅު ތިބޭފުޅުން ބޭނުންވާ ގޮތަށް ހަދައިދިނުމަކީ އަޅުގަނޑުގެ ވައުދެއް. އެތަނުގައި ޖިއޯބޭގް ޖަހައި ތަރައްގީކޮށްދީ، އެތަން ހިމާޔަތްކޮށް، ތިބޭފުޅުން ޓޫރިޒަމް ބޭނުމަށް ބޭނުންކުރެވޭނެ ގޮތަށް ހައި ޕްރިއޯރިޓީގައި މަސައްކަތްކޮށްދޭނަން،“ ރައީސް ވިދާޅުވި އެވެ.
މަޑިވަރު ފިނޮޅަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ޑައިވިން އަދި ސްނޯކްލިންއަށް މަގުބޫލު ޕޮއިންޓުތަކެއް ހިމެނޭ ސަރަހައްދެކެވެ.
މަޑިވަރު ފިނޮޅު ސަރަހައްދު ސަރުކާރުން ހިމާޔަތް ކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭގެ ފަހުން 2019 ވަނަ އަހަރު، އެ ފަޅު ކައިރިން ވިޔަފާރި އުސޫލުންނާއި އަމިއްލަ ބޭނުމަށް މަޑިވަރު ފިނޮޅާ ދުރުން ވެލި ނަގާތީ، އެ ސަރަހައްދުން ވެލި ނެގުމަކީ މަނާ ކަމެއް ކަމަށް އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެންގި އެވެ.
މީގެ އިތުރުން، 2021 ވަނަ އަހަރު، އެ އަތޮޅުގައި އޮންނަ ވެލިގަނޑު އައިލެންޑް ރިސޯޓުން މަޑިވަރު ފަޅުގެ ބައެއް ގަވައިދާ ހިލާފަށް ހިއްކަމުންދާ ކަމަށް ބުނެ، ރަސްދޫ ރައްޔިތުން އިހުތިޖާޖު ވެސް ކުރި އެވެ. މިކަންކަމުން ފިނޮޅު ހިމާޔަތްކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

3 Comments
ގުޅުންހުރި
އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީ، ރައީސް ވިދާޅުވީ މިއީ ބިޔަ
ހަންޏާމީދުއަށް އުތުރު އަތަފަރު, ފަތުރުވެރިން ޕިކްނިކް ދާން އަލިކޮއި
ރައީސް އޮމަދުއަށް ވަޑައިގަތުމުގެ ކުރީން އެ ރަށުގެ ބައެއްގެ ގޮތުގައި ތިން
ރައީސް، އދ. އަތޮޅުގެ 10 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހެދުމާ ގުޅޭ ވޯޓުގައި ބޭނުންވާ ވަކި ނަތީޖާއެއް
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން މި މަހު 24ގައި