އޯގަސްޓް 21, 2025

ބަންޑާރަ މިސްކިތުގެ ސީލިންގަ ރޯވި އަލިފާން ނިއްވާލައިފި

ބަންޑާރަ މިސްކިތުގެ ސީލިންގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ނިއްވާލައިފިއެވެ.

މިއަދު ހެނދުނު 10:25 ގައި ބަންޑާރަ މިސްކިތުގައި އަލިފާން ރޯވެފައިވާ ކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސްއަށް މައުލޫމާތު ލިބިފައިވެއެވެ. މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސްއަށް ލިބިފައިވަނީ މިއަދު 10:25ގައެވެ. އަދި މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

މި ހާދިސާގައި އިތުރު މީހަކަށް އަދި އިތުރު އެއްވެސް ގެޔަކަށް މި އަލިފާނުގެ އަސަރު ކޮށްފައި ނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.