ދުނިޔޭގެ އެންމެ ހިތްހެޔޮ ފަޑިޔާރުގެ ނަމުގައި ސޯޝަލްމީޑިއާގައި މަޝްހޫރުވެފައިވާ އެމެރިކާ ފަޑިޔާރެއްކަމަށްވާ ފްރޭންކް ކަޕްރިއޯ މަރުވެއްޖެއެވެ.
ފްރޭންކް އަކީ ރޯޑް އައިލްނޑްގައި 40 އަހަރަށްވުރެ ގިނަ މުއްދަތެއްގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ އޭނާގެ ހިތްހެޔޮކަމާއި ކުށްކުރާ މީހުންގެ މާލީ ހާލަތައްބަލައި އިންސާފުވެރިކަމާއެކު އަދަބު ދިނުމަށެވެ. އޭނާގެ ސަކަ މިޒާޖާއި އޯދާތެރިކަންވަނީ މި ޝޯ ބަލާ އެތައް ބެލުންތެރިންގެ ހިތްތައް ދަމައިގަނެފައެވެ. އޭނާގެ ގިނަ ކޯޓް ވީޑިއޯޓަކެއް ވަނީ ސޯޝަލްމީޑިއާގައި އާންމުވެ އެތައް ބިލިއަން ވިއުސްއަކާއި ލައިކެއް ލިބިފައެވެ.
2023 ވަނަ އަހަރު ފްރޭކް ވަނީ ޗިސްމޭ ކެންސަރު ޖެހިއިވާ ކަން އޭނާގެ ރަސްމީ އިންސްޓާގުރާމުގައި ސަޕޯޓަރުންނަށް ހިއްސާކޮށްފައެވެ. އޭގެ ފަހުން އޭނާގެ ބޭސްފަރުވާގެ ދަތިކަމާއި އޭނާއަށް ހެޔޮ ދުއާ ކޮށްދިނިމަށް އެދި ސަޕޯޓަރުންނގެ ގާތުގައި އެދިފައިވެއެވެ.
ފްރޭންކްގެ އާއިލާއިން ބުނެފައިވާ ގޮތުގައި އޭނާ މަރުވެފައިވެނީ 88 އަހަރުގައެވެ. އޭނާއަށް ބައްޕަ ކިޔާ 5 ކުދިން ތިބިއިރު، ކާފަ ކިޔާ 7 ކުދިންނާއި މުނިކާފަ ކިޔާ 2 ކުދިން ތިބެއެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް