އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ މަޝްހޫރު ޑެވޮންޑޭލް ކިރުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ 31 އޮކްޓޯބަރު 2025ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި ޑެވޮންޑޭލްގެ އެއް ލީޓަރުގެ ކިރު ކޭހެއް ގަންނަ ކޮންމެ ކަސްޓަމަރަކަށް ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވެވޭނެ އެވެ. ލަކީޑްރޯގައި ކޮންމެ ހަފުތާއަކުވެސް ފަސް ނަސީބުވެރިން ހޮވައި، ކޮންމެ ނަސީބުވެރިއަކަށް 1،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެ އެވެ.
އަދި މި ޕްރޮމޯޝަންގައި ދޫކުރާ 30،000 ކޫޕަން ހޯދުމުގެ ފުރުސަތު ހޯލްސޭލް އަދި ރީޓެއިލް ކަސްޓަމަރުންނަށްވެސް ހުޅުވާލާފައިވާއިރު، ޕްރޮމޯޝަން ނިމުމުން ނަސީބުވެރި ތިންފަރާތެއް ހޮވުމަށް ވަނީ ނިންމައިފަ އެވެ.
- 1 ވަނަ އިނާމު: 50،000 ރުފިޔާ
- 2 ވަނަ އިނާމު: 25،000 ރުފިޔާ
- 3 ވަނަ އިނާމު: 15،000 ރުފިޔާ
މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ ހޯލްސޭލް ސެންޓަރު، އެސްޓީއޯ ހުޅުމާލޭ ހޯލްސޭލް އަދި އެސްޓީއޯ ވިލިމާލޭ ފިހާރައިގައެވެ. އަދި 1 ސެޕްޓެމްބަރުން ފެށިގެން އެސްޓީއޯގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކަށް މި ޕްރޮމޯޝަން ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.




ގުޅުންހުރި
އެސްޓީއޯއާއި އެއްއަގަށް ބާޒާރުގައި އޮރެންޖުގެ އަގު ތިރިވެއްޖެ
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި