މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ސަރުކާރުން ހިންގި ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ބިނާކުރި 4،000 ފްލެޓު ލިބުނު މީހުންގެ ތެރެއިން 1،826 މީހުންނާއެކު ފްލެޓު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.
މި މަސައްކަތް ކުރިއަށްދަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައެވެ.
އެފްޑީސީއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިހާތަނަށް ޖުމްލަ 2،774 ފްލެޓު އެއްބަސްވުމެއްގައި ސޮއިކުރަން ތާވަލުކުރެވިފައިވެއެވެ. އޭގެ ތެރެއިން 1،826 އެއްބަސްވުމެއްގައި މިހާރު ވަނީ ސޮއިކުރެވިފައެވެ. މިއީ ސޮއިކުރަން ތާވަލުކުރި އެއްބަސްވުންތަކުގެ 65.8 ޕަސެންޓު ކަމަށް ވާއިރު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާކުރެވޭ 4،000 ފްލެޓުގެ ތެރެއިން 45.7 ޕަސެންޓެވެ.
ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ. މި މަސައްކަތް ކުރިއަށް ދަނީ، ސޮއިކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ހެނދުނު 9:00އިން ފެށިގެން ހަވީރު 4:00 އާ ދެމެދު، ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައެވެ.
ފްލެޓު ލިބޭ ފަރާތްތަކުގެ މައުލޫމާތު ހައުސިން މިނިސްޓްރީން އެފްޑީސީއަށް ދިނުމުން، އެ މައުލޫމާތު ދިން ކަމުގެ މެސެޖެއް ފްލެޓު ލިބުނު މީހުންގެ ގެދޮރުވެރިންގެ ޕޯޓަލްއަށް ފޮނުވައެވެ. މިއީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ކުރިއަށްދާ މުހިންމު ފިޔަވަޅެކެވެ.
އެފްޑީސީއިން އިތުރަށް ބުނެފައިވަނީ، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ފްލެޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުކޮށްފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށެވެ. އަދި ފްލެޓުތައް ހަވާލުކުރެވޭނީ ފިނިޝިން މަސައްކަތްތައް ފުރިހަމައަށް ނިންމާފައި ކަމަށެވެ. އެގޮތުން، ފަންކާއާއި ކުޑަދޮރާއި ދޮރާއި ޓައިލްސް ހަރުކުރުން ފަދަ މަސައްކަތްތައް ނިމުމުން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ގުޅުންހުރި
ކުރީ ސަރުކާރުން ދިން ފުލެޓުތައް އަތުލެވޭނީ ކޯޓަށް ގޮސްގެން: ފަހި ޔޫނިއަން
ސައުދީ ފަންޑުން 385 މިލިއަން ނަގައިގެން 400 ފްލެޓް ހަދަނީ
ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހު 15އަށް އިތުރުކޮށްފި
ކުރީގެ ލިސްޓުގައި ނެތް މީހެއް އާ ލިސްޓަކަށް ނުލަން، އެކަމަކު އުސޫލު
ކުރިން ނެރެފައިވާ ލިސްޓުގެ ބޭރުން 577 މީހަކަށް މި ސަރުކާރުން ފްލެޓް
ފްލެޓް ނުލިބުނު މީހުނަށް ރައީސް: ކަންބޮޑުނުވޭ، 18 އަހަރު ފުރިފައިވާ ކޮންމެ