ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފައްދައި، ފުރަތަމަ އަހަރު ތާރީޚީ ގިނަ ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށް ޒަކާތު ހައުސްގެ ޗެއާމަން އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަަގުވާމީ ދެވަނަ ޒަކާތު ކޮންފަރެންސް، އިންޒެކް 2025 ފެށުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތާއި ފިތުރު ޒަކާތް ލިބިގެންދިޔައީ މިދިޔަ އަހަރު ކަމަށެވެ. އަދި ޒަކާތު ހައުސްއަށް ކުރިއެރުންތަކާއި ކާމިޔާބިތައް ހާސިލުކުރެވުނީ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދިނުމުން ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ޒަކާތު ބިލެއް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، ޒަކާތު ބިލު ފަރުމާކޮށްފައިވާނީ ދުނިޔޭގެ އެންމެ ފަހުގެ އިލްމީ ތަޖުރިބާތަކުގެ މައްޗަށް ކަމަށާއި އެ ބިލު ގާނޫނަކަށް ވެގެންދާއިރު ޒަކާތުގެ ގާނޫނަކީ ވަރަށް ފުރިހަމަ އަދި ރާއްޖޭގެ ޒަކާތުގެ ނިޒާމު އާ އުސްމިންތަކަކަށް ގެންގޮސްދޭނެ ގާނޫނަކަށް ވެގެންދާނެ ކަމަށެވެ.
އެ ގާނޫނާއެކު ރާއްޖޭގެ ޒަކާތު ހައުސްއަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ ޒަކާތުގެ އިދާރާއަށް ހެދުމަކީ އަމާޒެއް ކަމަށްވެސް ވިދާޅުވި އެވެ.




1 Comment
ގުޅުންހުރި
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
ވާދަވެރިން ވެސް ގުޅެންވީ ޕީއެންސީއާ، ކާމިޔާބު ހޯދާނެ ފަޅިއަކީ މިއީ: ޝަހީމް
ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި
ސައުދީ ރަސްގެފާނުގެ ފަރާތުން ދޭ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށައިފި
މާދަމާއަކީ މުލަ ރޯދަ ދުވަސް
މައުލޫމާތުދޭން ހާޒިރުނުވުމުން އިސްލާމިކް މިނިސްޓްރީއަށް 700 ރުފިޔާގެ ޖޫރިމަނާއެއް